Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އުތުރު ތިލަފަޅު އެއްބަސްވުމުގެ އަސްލު ލިބޭނެގޮތް ހައްދަވާދެއްވުމަށް އާދަމް ޝަރީފް އެދިވަޑައިގެންފި

އުތުރު ތިލަފަޅު އެއްބަސްވުމުގެ އަސްލު ލިބޭނެގޮތް ހައްދަވާދެއްވުމަށް އާދަމް ޝަރީފް އެދިވަޑައިގެންފި

ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ސޮއި ކޮށްފައިވާ އެއްބަސްވުމެއްގެ ކޮޕީއެއް ކަމަށް ބުނެ، މީޑިއާގައި ދައުރުވަމުންދާ ލިޔުމަކާ ގުޅިގެން، އެ އެއްބަސްވުމުގެ އަސްލު ހޯއްދަވައި ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދަށް، އާދަމް ޝަރީފް ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވީ އުތުރު ތިލަފަޅު ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ވެފައިވާ އެއްބަސްވުންކަމަށް ބެލެވޭ ލިޔުމެއް މީޑިއާތަކަށް ލީކުވެފައިވާ ކަމަށާއި ލީކުވެފައިވާ މިއެއްބަސްވުމަށް ބަލާއިރު ޤައުމީ ސަލާމަތަށް ނުރައްކާ ވާފަދަ އަދި ޤައުމުގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާ ވާފަދަ ގިނަގުނަ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދިފައިވާތީ، އުތުރުތިލަފަޅު ތަރައްޤީ ކުރުމަށް ދިވެހިސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ އަސްލު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ލިބޭނެ ގޮތް ހޯއްދަވައި ދެއްވުމަށް އާދަމް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން އުތުރު ތިލަފަޅު ތަރައްޤީ ކުރުމަށް ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާ ވާފަދަ ކަންތައްތަކެއް ހުރިތޯ ބައްލަވައި ދެއްވުމަށް ވެސް އާދަމް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް