Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފުލުހުންގެ ބޯޑަށް ހާމިދު އައްޔަން ކުރަން ފާސްކޮށްފި

ފުލުހުންގެ ބޯޑަށް ހާމިދު އައްޔަން ކުރަން ފާސްކޮށްފި

ޕޮލިސް ބޯޑަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ސްޕޯކްސް ޕާސަން ހާމިދު އަބްދުލްޢަފޫރު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ހާމިދު ފުލުހުންގެ ބޯޑަށް އައްޔަން ކުރުމަށް ވޯޓު ދެއްވީ، 41 މެމްބަރުންގެ ވޯޓުންނެވެ.

ޕޮލިސް ބޯޑަށް ހާމިދު އައްޔަން ކޮށްފައި ވަނީ އާންމު މެންބަރުގެ ގޮތުގައެވެ. ދެ މެމްބަރުން އައްޔަން ކުރާ އެ ދެ މަގާމަށް އާންމުގެ ތެރެއިން ފަސް މީހަކު ކުރިމަތިލާފައި ވާއިރު، މަޖިލީހުން ރުހުން ދިނުމަށް ކޮމިޓީން ފާސްކުރީ ހާމިދު ނަން އެކަންޏެވެ.

Advertisement
Ooredoo — Square (box)

ހާމިދު އައްޔަން ކުރުމުން ދެން ހުސްކޮށް އޮތް މަގާމަށް ހުޅުވާލާނެ ކަމަށް މިއަދު މަޖިލިސް އިދާރާއިން ހުޅުވާލާނެ ކަމަށް ވެސް، ހާމިދަށް ރުހުން ދިނުމަށް ފަހު، ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ޕޮލިސް ބޯޑް އޮންނާނީ ހަތް މެންބަރުންގެ މައްޗަށެވެ. ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ދެ މީހުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް