Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސިޔާދަތަށް އުނިކަން ލިބޭ އެއްބަސްވުމެއް ހެދުމުގެ އިޚްތިޔާރު ސަރުކާރަކަށް ލިބިގެން ނުވޭ: ރައީސް ވަހީދު

ސިޔާދަތަށް އުނިކަން ލިބޭ އެއްބަސްވުމެއް ހެދުމުގެ އިޚްތިޔާރު ސަރުކާރަކަށް ލިބިގެން ނުވޭ: ރައީސް ވަހީދު

ދިވެހިރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭފަދަ އެއްވެސް އެއްބަސްވުމެއް ހެދުމުގެ އިޚްތިޔާރު އެއްވެސް ސަރުކާރަކަށް ލިބިގެން ނުވާ ކަމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންމަނިކު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅުވައި، ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ރައީސް ވަހީދު ވިދާޅުވީ މިފަދަ އެއްބަސްވުމެއް ހެދުމުގެ އިޚްތިޔާރު އެއްވެސް ސަރުކާރަކަށް ލިބިގެން ނުވާ ކަމަށާއި އަދި ރާއްޖޭގައި މިފަދަ ކަމެއް ހިނގައިދިޔައިރު މަޖިލިސް ކޮބައިތޯ ރައީސް ވަހީދު ސުވާލު އުފެއްދެވިއެވެ.

Advertisement
HDC — Sidebar (box)

އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ރާއްޖޭގައި 60 އަހަރު ، ހަތިޔާރާއެކު ތިބެވޭނެ ކަމަށް ބުނާ ލިޔުމެއް މިއަދު ވަނީ ދައުރު ވެފައެވެ.

މީސްމީޑިއާގައި އެލިޔުން ލީކު ކޮށްލާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

މިކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ، އެއްބަސްވުމެއް ކަމަށްބުނެ ދައުރު ކުރަމުންދާ ލިޔެކިޔުންތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ލިޔެކިޔުންތަކެއް ކަމަށާއި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ދިވެހި ދައުލަތުގެ މަސްލަހަތާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާގުޅޭ މަޢުލޫމާތު ފެތުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކާ ދެމެދު އުފެދިފައިވާ ގުޅުންތައް ހީނަރުވެ، ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ހަޤީޤަތާ ޚިލާފު ދޮގު ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް އެ މިނިސްޓްރީން އިލްތިމާސް ކުރާކަމަށެވެ.

އަދި ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ
އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ވެސް ޑިފެންސުން ބުނެފައިވެއެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް