އަދުރޭގެ އާދޭސް: ދިވެހިން އަތުން ދިވެހި ބިން ބީވެގެން ދިޔުމުގެ ކުރިން ކާބަފައިން ހަވާލުކުރި ޒިންމާ އަދާކުރަމާ
ދިވެހިން އަތުން ދިވެހި ބިން ބީވެގެން ދިޔުމުގެ ކުރިން ކާބަފައިން ހަވާލުކުރި ޒިންމާ އަދާކުރުމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ.
އުތުރު ތިލަފަޅު ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓާ ގުޅިގެން އިންޑިއާ ސިފައިންނަށް ރާއްޖޭގައި 60 އަހަރު ވަންދެން ހަތިޔާރާއެކު ތިބެވޭނެ ކަމަށް ބުނާ ލިޔުމެއް މިއަދު މީސް މީޑިއާގައި ވަނީ ލީކު ވެފައެވެ.
އެކަމާ ގުޅިގެން އަދުރޭ މިއަދު ކުރެއްވީ ޓްވީޓެއްގައި ވިދާޅުވީ މިވަގުތަކީ ސިޔާސީ ޚިޔާލު ތަފާތުވުމާއި ޒާތީ ތަޢައްޞަބުން އެއްކިބާވެ، ޤައުމީ ވިސްނުން އިސްކޮށް މުޅި ޤައުމު އެކުގައި ޤައުމު ސަލާމަތް ކުރުމަށް ނުކުންނަންވީ ވަގުތު ކަމަށެވެ.
"މިވަގުތަކީ ސިޔާސީ ޚިޔާލުތަފާތުވުމާއި ޒާތީ ތަޢައްޞަބުން އެއްކިބާވެ، ގައުމީ ވިސްނުން އިސްކޮށް މުޅި ގައުމު އެކުގައި ގައުމު ސަލާމަތް ކުރުމަށް ނުކުންނަންވީ ވަގުތު.ދިވެހިންގެ އަތުން މި ލޮބުވެތި ދިވެހިބިން އެއްކޮށް ބީވެގެން ދިޔުމުގެ ކުރިން ކާބަފައިން ހަވާލުކުރި ޒިންމާ އަދާ ކުރަމާތޯ؟" އަދުރޭ ވިދާޅުވިއެވެ.
ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު މިއަދު ލީކު ކޮށްލި އެލިޔުމުގައި ބުނެފައި ވަނީ އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ހަތިޔާރާއެކު ރާއްޖޭގައި 60 އަހަރު ތިބެވޭނެ ކަމަށެވެ.
އުމަރު ނަސީރު ލީކު ކޮށްލާފައި ވަނީ އެ އެއްބަސްވުމުގެ ޑްރާފްޓް ލިޔުމެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެއްބަސްވުން ބުނާ ގޮތުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި ޑިއުޓީ އަދާކުރާ އިންޑިއާ ސިފައިންނަށް ހަތިޔާރާއި އެނޫން ވެސް އެފަދަ ތަކެތި ގެންގުޅެވޭނެ ކަމަށާއި އަދި ފެސިލިޓީގައި ހުންނަ ކޮމިއުނިކޭޝަން ސިސްޓަމްތައް ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.
އެފަދަ ލިޔުމެއް މިއަދު ލީކު ވެފައިވާއިރު، މިއީ އެ އެއްބަސްވުމުގެ އަސްލެއް ނޫން ކަމަށް މިނިސްޓްރީ އޮފް ޑިފެންސުން މިއަދު ވަނީ ބުނެފައެވެ.
މީކާކުތަ ދެން. ބޮޑު ވަގު.