Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މިއީ ވަކި ޕާޓީއަކަށް ބެލުމެއްނެތި އެންމެން އަތު ގުޅާލައި، ޤައުމު ދިފާޢު ކުރަންވީ ވަގުތު: އާދަމް ޝަރީފް

މިއީ ވަކި ޕާޓީއަކަށް ބެލުމެއްނެތި އެންމެން އަތު ގުޅާލައި، ޤައުމު ދިފާޢު ކުރަންވީ ވަގުތު: އާދަމް ޝަރީފް

މިއީ ވަކި ޕާޓީއަކަށް ބެލުމެއްނެތި އެންމެން އަތު ގުޅާލައި، ޤައުމު ދިފާޢު ކުރަންވީ ވަގުތު ކަމުގައި ޕީއެންސީ ގެ ޑެޕިއުޓީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުން ލީކްވެފައި ވަނިކޮށް އާދަމް ޝަރީފް ކުރެއްވި މި ޓްވީޓެއްގައި ގޮވާލެއްވީ ހުރިހާ ސިޔާސީ ލީޑަރުން ޤައުމުގެ ދިފާޢުގައި ނިކުންނެވުމަށެވެ.

Advertisement
Allied — Dhen Online (box)

"މިއީ ވަކި ޕާޓީއަކަށް ބެލުމެއްނެތި އެންމެން އަތާއި އަތު ގުޅާލައި، ޤައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށް ތެދުވެ، ޤައުމު ދިފާޢު ކުރަންވީ ވަގުތު! ޤައުމުގެ މިނިވަންކަން ދިފާޢު ކުރުމަށް ޙައްޤު ބަސް ބުނެ ޢަމަލުން ސާބިތު ކޮށްދެއްވާ!" އާދަމް ޝަރީފް ވިދާޅުވިއެވެ.

https://twitter.com/Adamshareefz/status/1371483708184612866?s=20

ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު މިއަދު ލީކު ކޮށްލި އެލިޔުމުގައި ބުނެފައިވަނީ އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ހަތިޔާރާއެކު ރާއްޖޭގައި 60 އަހަރު ތިބެވޭނެ ކަމަށެވެ.

އުމަރު ނަސީރު ލީކު ކޮށްލާފައި ވަނީ އެ އެއްބަސްވުމުގެ ޑްރާފްޓް ލިޔުމެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެއްބަސްވުން ބުނާ ގޮތުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި ޑިއުޓީ އަދާކުރާ އިންޑިއާ ސިފައިންނަށް ހަތިޔާރާއި އެނޫން ވެސް އެފަދަ ތަކެތި ގެންގުޅެވޭނެ ކަމަށާއި އަދި ފެސިލިޓީގައި ހުންނަ ކޮމިއުނިކޭޝަން ސިސްޓަމްތައް ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.

އެފަދަ ލިޔުމެއް މިއަދު ލީކު ވެފައިވާއިރު، މިއީ އެ އެއްބަސްވުމުގެ އަސްލެއް ނޫން ކަމަށް މިނިސްޓްރީ އޮފް ޑިފެންސުން މިއަދު ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް