ޚަބަރު

މިލިޓަރީ ބޭސްއެއް ހަދާނަމަ މަޖިލީހުން އެކަން ބަލާނެ : ނަޝީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި މިލިޓަރީ ބޭސްއެއް ހަދާނަމަ އެކަން މަޖިލީހުން ނުބަލައި ދޫކޮށް ނުލާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މިލިޓަރީ ބޭސްތައް ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގަމުން ދާކަމަށާއި ރާއްޖޭގައި އަދި އެއްވެސް ޤައުމަކުން މިލިޓަރީ ބޭހެއް ޤާއިމްކުރަން ނޫޅޭ ކަމަށެވެ.

އުތުރުތިލަފަޅު އެއްބަސްވުމުގެ ކޮޕީއެއް ލީކުކުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިހުގެ އަލިފުށީ ދާއިރާ މެންބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވި މައްސަލައާ ގުޅިގެން ގިނަ މެންބަރުން ބަހުސް ކޮށްފައިވާއިރު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ރާއްޖޭގައި ޤާއިމްކުރަން މަސައްކަތް ކުރަނީ މިލިޓަރީ ބޭސްއެއްކަން ޔަގީންވާ ކަމަށް ވިދާޅުވެފައެވެ. 

ޝިޔާމްގެ މިވާހަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ އުތުރު ތިލަފަޅުގައި ހަދަނީ މިލިޓަރީ ބޭސްއެއް ނޫންކަން ސާފުކޮށް ޔަގީންވާ ކަމަށެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ވަނީ ލިޔެކިޔުންތަކެއް މީސް މީޑިއާގައި ޕޯސްޓް ކުރައްވައިފައެވެ. އެއީ ސައްހަ ލިޔެކިޔުންތަކެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ އިއްޔެ ވިދާޅުވެފައެވެ. އަދި ގައުމުގެ ސިޔާދަތަށް އަސަރު ކުރާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް މީސްމީޑިއާގައި ލީކުވި ލިޔުމަކީ ސައްޙަ ލިޔުމެއް ކަމަށް ކުރީގެ ހޯމްމިނިސްޓަރު ޢުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo
  1. މަނިއްޕުޅު

    ޟަޖިލީހުން ކަންކަން ބަލަންހުރީ ކެނަރީގެ ނަޝީދު(މުދިންކާޅު). އޭނާއަކީ ދުވަހަކުވެސް ދިވެހި ގައުމާއި ރައްޔިތުންނަށް ހެވެއްއެދޭނެ މީހެއްނޫންކަން މިގައުމުގެ ބުޅާތަކާ ހާކުކުޅަށްވެސް އޮޅިފައެއްނުވޭ.