ޚަބަރު

ހުއްދަ ހޯދައިގެން ރާއްޖޭގައި އުޅެނީ 7000 ބިދޭސީން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން، ބިދޭސީން އެތެރެ ވުމަށް ހުރިހާ ހުއްދައެއް ހަމަ ކޮށްގެން ރާއްޖޭގައި އުޅެނީ 7000 އެއްހާ ބިދޭސީން ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަ ކޮށްފިއެވެ.

Ads by STELCO

ރައްޔިތުން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގައި 146،515 ބިދޭސީން އުޅޭ ކަމަށް މިހާތަނަށް ތަފާސް ހިސާބުތަކުން ދައްކާފައިވާ ކަމަށާއި މީގެ ކުރިން މައިގްރޭޝަން ސިސްޓަމަކުން އެކްސެލް ޝީޓުން އެއްކޮށްފައިވާ މައުލޫމާތުން ދައްކަނީ ރާއްޖޭގައި ދިިރިއުޅެނީ 70،000 ބިދޭސީން ކަމަށެވެ.

މައިގްރޭޝަން ސިސްޓަމަކުން އެކްސެލް ޝީޓުން މައުލޫމާތު އެއްކުރުމުގައި ގިނަ މައްސަލަތަކެއް ހުރިކަން ވެސް އޭނާ ފާހަގަ ކުރިއެވެ. އެގޮތުން ސައްހަ އެޕްލޯއީމަންޓް އެޕްރޫވަލްއެއް ނެތި ވިސާ ހޯދާފައިވާ މީހުންވެސް ސިސްޓަމް އިން ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސައްހަ އެޕްލޯއީމަންޓް އެޕްރޫވަލްއެއް އޮވެގެން ވޯކްވިސާ އެއް ހޯދޭނީ، ވޯކް ވިސާ އެއް އޮވެގެން ވޯކް ވިސާ ފީ ދެއްކެން އަންނަނީ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ރެކޯޑް އިން އެބަ ދައްކާ ސައްހަ އެޕްލޯއީމަންޓް ޕްރޫވަލްއެއް ނެތް މީހުން ވެސް ވޯކް ވިސާ ދައްކައި، ވޯކް ވިސާ ނެތް މީހުންނަށް ފީ ދެއްކިފައި ހުރި ކަމަށް،" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ބިދޭސީންގެ ހަގީގީ އަދަދު އެނގޭނެ ރަސްމީ އެއްވެސް ހިސާބެއް ނެތް ކަމަށާއި މިހާތަނަށް ބަލަހައްޓަމުން ދިޔަ ޝީޓުތަކުގައި ވެސް ފުށޫ ތަކެއް އެބަހުރި ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!