Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް ޞާލިހު މަގާމުން ދުރު ކުރަން އިދިކޮޅުގެ ޖޮއިންޓް ކައުންސިލަށް ގަރާރެއް

ރައީސް ޞާލިހު މަގާމުން ދުރު ކުރަން އިދިކޮޅުގެ ޖޮއިންޓް ކައުންސިލަށް ގަރާރެއް

އުތުރު ތިލަފަޅުގެ އެއްބަސްވުން ބާޠިލު ކުރުމަށާއި، ޤާނޫނުއަސާސީއާ ޚިލާފަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވެރިކަން ކުރައްވާތީ އެމަނިކުފާނު މާޤާމުން ދުރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ކައުންސިލަށް ގަރާރެއް ހުށަހަޅައިފިއެވެ.

މިވަގުތު ކުރިއަށްދާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ގެންދަނީ މި ޤަރާރަށް ބަހުސް ކުރަމުންނެވެ.

މި ގަރާރުގައި ބުނެފައިވާ ގޮތުގައި އަވައްޓެރި އިންޑިއާއާ އެކު ސަރުކާރުން ހެދި އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އިހުމާލުވެ ވަޑައިގެންފައެވެ.

Advertisement
HDC — Sidebar (box)

އުތުރު ތިލަފަޅު ތަރައްޤީ ކުރުމަށް އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންކަމަށް ބުނެ ލީކު ކޮށްލާފައިވާ އެއްބަސްވުމުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލޭފަދަ އެތައްކަމެއް ހިމެނިފައި ވާކަމަށާއި، އެފަދަ އެއްބަސްވުމެއް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބައިވެރިވުން ހިމެނޭ ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.

"ރައީސުލް ޖުމްހޫރިއްޔާގެ ފަރުވާ ކުޑަކަމާއި އިހްމާލުވުން ބޮޑުކަމާއި، ޤާނޫނު އަސާސީއަށް ޙުރުމަތްތެރިކޮށް ނުހިއްތަވާ  ކަމަށް ޤަބޫލުކުރެވޭތީވެ، ރައީސުލް ޖުމްހޫރިއްޔާ މަޤާމުން ދުރުކުރަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ގޮވާލާ މި ޤަރާރު ޕްރޮގުރެސިވް ކޯލިޝަންގެ ޖޮއިންޓް ކައުންސިލަށް ހުށަހަޅަމެވެ." އިދިކޮޅު ޖޮއިންޓް ކައުންސިލަށް ހުށަހަޅާފައިވާ ގަރާރުގައި ބުނެފައިވެއެވެ.

އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ރާއްޖޭގައި 60 އަހަރު ، ހަތިޔާރާއެކު ތިބެވޭނެ ކަމަށް ބުނާ ލިޔުމެއް އިއްޔެ ވަނީ ދައުރު ވެފައެވެ.

މި އެއްބަސްވުމުގެ ސޮއިކުރި އަސްލު ލިޔުން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީއަށް ގެނެސް އެ އެއްބަސްވުމުގައި ކަންބޮޑުވާންޖެހޭ ފަދަ ކަންތައްތަކެއް ހުރިތޯ ބެލުމަށް ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު އިއްޔެ ވަނީ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް