ސާރވިސް ޗާޖުގެ ގޮތުގައި ދޭންޖެހޭ މިންވަރު ކަނޑައަޅައިފި

ސާރވިސް ޗާޖާ ބެހޭ ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އެއަށް އަމަލު ކުރަން ފަށައިފިއެވެ.
އެގޮތުން ލޭބަރ ރިލޭޝަން އޮތޯރިޓީން އާންމު ކުރި މި ޤަވާއިދުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ސަރވިސް ޗާޖް ނަގަން ވާނީ، އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން، ޚިދުމަތުގެ އަގުގެ މަދުވެގެން %10 ގެ ރޭޓުން ކަމަށާއި، ސަރވިސްޗާޖްގެ ގޮތުގައި ވަޒީފާދޭ ފަރާތަށް ކޮންމެ މަހަކު ލިބޭ ޖުމްލަ އަދަދުގެ ތެރެއިން، އިދާރީ ފީއެއްގެ ގޮތުގައި %1 ނެގިދާނެކަމަށް ބުނެފައި ވެއެވެ.
މީހެ އިތުރުން އެއްވެސް ހާލަތެއްގައި ވަޒީފާ ދޭ ފަރާތުން އިދާރީ ފީއެއްގެ ގޮތުގައި 1% އަށް ވުރެ އިތުރަށް ނަގައިގެން ނުވާނޭ ކަމަށް ވެސް އެ ޤަވާއިދުގައި ބަޔާން ކޮށްފައި ވެއެވެ.
މުވައްޒަފަކު ޚިދުމަތް ކުރި ދުވަސްތައް ކަނޑައެޅުމުގައި، ވަޒީފާއާ ބެހޭ ޤާނޫނުގެ ޤާނޫނު ނަންބަރު 2/2008 ގެ ދަށުން މުސާރަ ލިބޭގޮތަށް، މުވައްޒަފަށް ޙައްޤުވާ އެކިއެކި ޗުއްޓީތަކުގެ ދުވަސްތަކާއި، އަރާމު ކުރުމަށް މުވައްޒަފަށް ޙައްޤުވާ ދުވަސްތައް އުނި ކޮށްގެން ނުވާނެ ކަމުގައި ވެސް ލޭބަރ ރިލޭޝަން އޮތޯރިޓީން ޝާއިއުކުރި މި ޤަވާއިދުގައި ބުނެފައި ވެއެވެ.







ކޮމެންޓް