ޚަބަރު

ކޮވިޑް-19: ކުޑަހުވަދޫން ހަ މީހަކު ފައްސިވެ، ރަށް މޮނީޓަރިންގަށް ލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދ. ކުޑަހުވަދޫން ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށް މޮނީޓަރިންގަށް ލައިފިއެވެ.

Ads by MWSC

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނީ ކުޑަހުވަދޫ އެއާޕޯޓުގައި މަސައްކަތް ކުރާ ހަ މީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިގެން ނެގި ސާމްޕަލްތައް ކޮވިޑަށް ފައްސި ވެފައިވާ ކަމަށެވެ.

ފައްސިވި ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 21،819 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ބަލި ޖެހުނު 19،342 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ކޮވިޑް ޖެހިގެން 64 މީހުން ވަނީ ނިޔާވެފައެވެ.

އެޗްޕީއޭ އިން އަނެއްކާވެސް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުން ވެސް މަޖުބޫރު ކޮށްފައިވާއިރު، ފަސް މީހުންނަށްވުރެ ގިނައިން ބޭރުގައި އުޅުން ވެސް ވަނީ މަނާކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!