Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ލުއި ޚަބަރު

ޒޫ ބަލަހައްޓާ މީހަކަށް މާސިންގާ ހަރުފައެއް ހަމަލާދޭ ވީޑިއޯއެއް!

ޒޫ ބަލަހައްޓާ މީހަކަށް މާސިންގާ ހަރުފައެއް ހަމަލާދޭ ވީޑިއޯއެއް!
ހަރުފައަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި ޖަނަވާރުންގެ ތެރެއިން ހިމެނޭ ޖަނަވާރެކެވެ. އަދި ހަރުފަ ބަލަހައްޓާ އެންމެ މޮޅު މީހުންނަށް ވެސް ހަރުފަ ހަމަލާ ދީގެން ނުރައްކާތެރި އެތައް ހާދިސާތަކެއް ވަނީ ހިނގައިފައެވެ. އެގޮތުން މިއީ ވެސް ހަމަ އެފަދަ ވީޑިއޯއެކެވެ. ޒުލެއްގައި، ޒޫ ބަލަހައްޓަން ހުންނަ އޮފިސަރަކަށް ހަރުފައެއް ހަމަލާ ދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ. އަދި ގިނަ މީހުންގެ ސަމާލުކަމަށް އައީ އެވީޑިއޯއިން ފެނިގެން ދިޔަ މާސިންގާ ހަރުފައެވެ. އެގޮތުން ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ހަރުފައިގެ ހަމަލާ އަމާޒުވި މީހާ ބުނީ، އެހަރުފައަކީ ވަރަށް ވިސްނުން ތޫނު ހަރުފައެއް ކަމަށާއި، ހަރުފަ އޮތް ދިމާ ނޫން އަނެއް ދިމާލަށް އެނބުރުނު ވަގުތު ހަރުފަ ފުންމާލީ ކަމަށެވެ. އެހެންނަމަވެސް ހަރުފަ ދިން ކުއްލި ހަމަލާއިން އޭނާ ސަލާމަތްވީ އޭނާ އެފަދަ ހާލަތަކަށް ހުޝިޔާރުވެ ތައްޔާރު ވެގެން ހުރުމުން ކަމަށް ވެސް އޭނާ ބުންޏެވެ. މާސިންގާ ހަރުފަ ހަމަލާ ދިން ވީޑިއޯ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައިވާއިރު، މަދު ވަގުތުކޮޅެއްގެ ތެރޭގައި އަށް ލައްކައަށް ވުރެ މީހުން ވީޑިއޯ ވަނީ ބަލާފައެވެ. އަދި އެތައް ބަޔަކު އެ ވީޑިއޯއަށް ކޮމެންޓު ވެސް ވަނީ ކޮށްފައެވެ. އަދި ނުވަ ލައްކައަށް ވުރެ ގިނަ މީހުން އެ ޕޯސްޓަށް ލައިކް ވެސް ވަނީ ކޮށްފައެވެ. މި ވީޑިއޯގެ ލިންކު ތިރީގައި މިވަނީއެވެ.
 
View this post on Instagram
 

A post shared by Jay Brewer (@jayprehistoricpets)

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް