Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް19: ކުޑަހުވަދޫން އަތޮޅުތެރޭގެ އެހެން ރަށްރަަށަށް ދިޔަ ފަރާތްތައް ރިޕޯޓްކުރަން އެދިއްޖެ

ކޮވިޑް19: ކުޑަހުވަދޫން އަތޮޅުތެރޭގެ އެހެން ރަށްރަަށަށް ދިޔަ ފަރާތްތައް ރިޕޯޓްކުރަން އެދިއްޖެ

މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ފަހުން ދ. ކުޑަހުވަދޫން އެ އަތޮޅުގެ އެއްވެސް ރަށަކަށް ދިޔަ ފަރާތެއް ވާނަމަ، ކަމާ ބެހޭ ފަރާތްތަކަށް އެންގުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.

އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކުޑަހުވަދޫން ކޮވިޑް-19ގެ ފައްސި ކޭސްތަކެއް ފެނިފައިވާތީ، 26 ފެބްރުއަރީ 2021 ގެ ފަހުން އެރަށުގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއް ވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތު ސެންޓަރަށް އެންގެވުމަށެވެ.

މީގެއިތުރުން އެޗްޕީއޭއިން ބުނީ އެ ތާރީޚްގެ ފަހުން ކުޑަހުވަދޫއަށް ގޮސްފައިވާ ފަރާތެއް ވާނަމަ، ކުޑަހުވަދޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބުމަށެވެ.

Advertisement
Allied — Dhen Online (box)

އަދި، އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

"26 ފެބްރުއަރީ 2021 ގެ ފަހުން ދ. ކުޑަހުވަދޫއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެންގެވުމަށް ދަންނަވަމެވެ." އެޗްޕީއޭއިން ބުނެފައި ވެއެވެ.

އެޗްޕީއޭއިން އިތުރަށް ބުނެފައި ވަނީ، އެފަރާތްތަކުގެ ނަތީޖާ ނައްސިވި ކަމުގައި ވިޔަސް ކުޑަހުވަދޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާ ކުރެއްވުމަށެވެ.

https://twitter.com/HPA_MV/status/1372214047022710790?s=20

ކުޑަހުވަދޫން ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެރަށް މިއަދު ވަނީ މޮނީޓަރިންގަށް ލާފައެވެ. އެޗްއީއޯސީ އިން ބުނީ ކުޑަހުވަދޫ އެއާޕޯޓުގައި މަސައްކަތް ކުރާ ހަ މީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިގެން ނެގި ސާމްޕަލްތައް ކޮވިޑަށް ފައްސި ވެފައިވާ ކަމަށެވެ. އަދި ފައްސިވީ ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށް އެރަށް މޮނީޓަރިންގަށް ލާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް