ބޮލީވުޑް

ޓްވިންކަލް ދެކެ ކަރަން ލޯބިވި ވާހަކަ ބުނުމުން ޖެހީ ޖޯކެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓްރެސް ޓްވިންކަލް ކަންނާ އާއި މަޝްހޫރު ޕްރޮޑިއުސަރ ކަރަން ޖޯހަރަކީ ކުޑައިރުން ފެށިގެން ދެ ރައްޓެހިންނެވެ. އެ ދެމީހުންގެ ކުޑައިރުގެ ފޮޓޯތައް ވެސް އެކިދުވަސްވަރު މަތިން ފެންމަތިވަމުންދާއިރު، ކުރިއެކޭ ވެސް އެއްފަދައިން ދެމީހުންގެ މެދުގައި މިހާރު ވެސް ރަޙްމަތްތެރިކަން އޮވެއެވެ.

Ads by Hajj Corporation

ދެމީހުންގެ މެދުގައި އޮންނަ ގާތްގުޅުމެއްގެ ސަބަބުން ކުރިން ފެތުރެމުންދިޔަ އަޑަކީ، ކުރީން ކަ، ރަން ޖޯހަރް ޓްވިންކަލް ކަންނާ ދެކެ ލޯބިވި ކަމަށާއި އޭނާއަކީ ކަރަން ލޯބިވި ހަމައެކަނި އަންހެން މީހާ ކަމަށެވެ.

"ކޮފީ ވިތު ކަރަން" ގެ އެޕިސޯޑެއްގައި ޓްވިންކަލް އާއި އޭނަގެ ފިރިމީހާ އަކްޝޭ ކުމާރު ބައިވެރިވިއިރު، ކަރަން ޖޯހަރް ވަނީ އެވާހަކަތަކަކީ ތެދެއް ކަމަށް ބުނެ، ޓްވިންކަލް ދެކެ ލޯބިވި ކަމަށް އެއްބަސްވެފައެވެ.

އެކްޓު ކުރުން މިހާރު ހުއްޓާލާފައިވާ ޓްވިންކަލް އަކީ ހުނަރުވެރި އިންޓީރިއާރ ޑެކޮރޭޓާއެކެވެ. ޓްވިންކަލްއަކީ އަބަދުވެސް ވަރަށް މަޖާ މިޒާޖެއް ހުންނަ، ވަރަށް ގިނައިން ޖޯކު ޖަހާ މީހެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

އެހެންކަމުން ކަރަންގެ އެ އެއްބަސްވުމަށް ވެސް ޓްވިންކަލް ޖެހީ ޖޯކެކެވެ. ޓްވިންކަލް ބުނީ އޭނަ ދެކެ ކަރަން ލޯބިވީ ކުރިން އޭނަގެ މަތި މަހެއް ހުންނާތީ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!