ޚަބަރު

ބާރަށް، މޮނިޓަރިން އިން ވީއްލައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ހއ ބާރަށް މޮނިޓަރިން ހާލަތުން ވީއްލައިފިއެވެ.

Ads by STELCO

ބާރަށުން ޖުމުލަ 31 މީހުން ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ މިދިޔަ މާރޗު މަހުގެ އަށްވަނަ ދުވަހުއެވެ. އޭގެ ފަހުން ދޮޅުމަހާ ގާތްވެފައި ވަނިކޮށް އެރަށް މޮނިޓަރިން އިން ވީއްލާފައި މި ވަނީ އެންމެ ފަހުން ނެގި ސާމްޕަލްތައް ވެސް ނައްސިވެ ރަށުގެ ޙާލަތު ހަމަޔަކަށް އެޅުމާ ގުޅިގެންނެވެ.

ބާރަށް މޮނިޓަރިންއިން ވީއްލިކަން އަންގާ އެކަމުގެ ލިޔުން ، އެޗްޕީއޭ އިން ވަނީ އެރަށުގެ ކައުންސިލަށް ފޮނުވާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައި ވަނީ މާލެއިން 151 މީހުންނާއި، އަތޮޅުތެރެއިން 14 މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 22،147 މީހުން ފައްސި ވެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!