ޚަބަރު

ކުޑަ ހުވަދޫ އިން 18 ކޭސް، ކޮމިއުނިޓީ ސްޕްރެޑަކަށް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް 18 އަށް އަރާ ، ދ. ކުޑަހުވަދޫ ކޮމިއުނިޓީ ސްޕްރެޑް އަކަށް ގޮސްފިއެވެ.

Ads by STELCO

ކުޑަހުވަދޫ ކައުންސިލުގެ ރައީސް، އަހުމަދު ޝާމް “ދެން” އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ޖުމުލަ 18 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ގާތްގަނޑަކަށް 300 އަށް ވުރެ ގިނަ މީހުންގެ ސާމްޕަލް ނެގިފައިވާ ކަމަށެވެ.

މީގެ އިތުރުން، ރެންޑަމް ސާމްޕަލް ނަގަން ފަށާނެ ކަމަށާއި ބެލެވެނީ މިއީ ކޮމިއުނިޓީ ސްޕްރެޑެއް ކަމަށް ވެސް ޝާމް ވިދާޅުވިއެވެ.

އެއަރޕޯޓުގެ ހުރިހާ މުވައްޒަފުންނާ، ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންގެ ސާމްޕަލް މިހާރު ވާނީ ނެގިފަ. އެއީ ހުސް ޑައިރެކްޓު ކޮންޓެކްޓުން. އެއީ ގާތްގަނޑަކަށް 300 އަށް ވުރެ ގިނަ މީހުން

ޝާމް

ނިމިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ފަހުން ކުޑަހުވަދޫން މާލެ އައިސްފައިވާ ފަރާތްތައް، މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ޓެސްޓު ހެދުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!