Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އުތުރުތިލަފަޅު މައްސަލައިގައި އުމަރުގެ ވާހަކަ ސައްހަ ނޫންނަމަ އެއީ ޖިނާޢީ މައްސަލައެއް: ވަކީލު ނިޝާން

އުތުރުތިލަފަޅު މައްސަލައިގައި އުމަރުގެ ވާހަކަ ސައްހަ ނޫންނަމަ އެއީ ޖިނާޢީ މައްސަލައެއް: ވަކީލު ނިޝާން

އުތުރު ތިލަފަޅާ ގުޅޭ ގޮތުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ހާމަ ކުރެއްވި ލިޔުންތަކަކީ ސައްހަ ލިޔުންތަކެއް ނޫންނަމަ، އެއީ ޖިނާޢީ ކުށެއް ކަމަށާއި އެކަމާ ދެކޮޅަށް ފިޔަވަޅު އެޅޭނެ ކަމަށް ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެވެ.

ދާދި ފަހުން ، އުމަރު ވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު ވެފައިވާ ކަމަށް ބުނާ އުތުރުތިލަފަޅުގައި ޑޮކްޔާޑެއް ހެދުމަށް ހަދާފައިވާ އެގްރީމެންޓް މީސްމީޑިއާގައި ލީކް ކޮށްލާފައެވެ. މި އެގްރީމެންޓަކީ ސައްޙަ ލިޔެކިޔުމެއް ނޫން ކަމަށް ރާއްޖޭގެ ސަލާމަތާ ބެހޭ މައި ބާރު، އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ

މިކަމާ ގުޅިގެން ވަކީލް ނިޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލިޔެކިޔުންތައް ސައްޙަ ނޫންނަމަ، ޕީނަލް ކޯޑްގެ 310 ވަނަ ބާބާއި 552 (ހ) (2) (i) އާއި )ހ) (6) ގެ ދަށުން އެއީ ޖިނާޢީ ކުށަކަށްވާނެ ކަމަށެވެ. އަދި މި ކުށް ދަރަޖަ ވަނީ ޖިނާއިއްޔާތުގެ 5، ޖުނަހުގެ 3 އަދި 1 ވަނަ ދަރަޖައިގައި ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/MohNishan/status/1373185143595094019?s=20

އުތުރުތިލަފަޅުގެ އެޤްރީމެންޓް ކަމަށް ބުނާ ލިޔުމެއް ލީކްކޮށްލުމާ ގުޅިގެން ލިޔުން ސައްޙަތޯ ނުވަތަ ނޫންތޯ ގިނަ ބަޔަކު ސުވާލުވަނީ އުފައްދާފައެވެ. ސަރުކާރުން ބުނެފައި ވަނީ އެއީ ސައްޙަ ލިޔުމެއް ނޫން ކަމަށާއި މައްސަލަ ބައްލަވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް