Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރޭގަނޑު 8ގެ ފަހުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އިތުރު ހަތަރު ދުވަހަށް ބަންދު!

ރޭގަނޑު 8ގެ ފަހުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އިތުރު ހަތަރު ދުވަހަށް ބަންދު!

ރެސްޓޯރަންޓު، ކެފޭ، އަދި ސައި ހޮޓާފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ރޭގަނޑު 8:00 ގެ ފަހުން ބަންދުކުރަން އަންގާފައި އޮތް އެންގުން އިތުރު ހަތަރު ދުވަހަށް ދިގު ދަންމާލަން ނިންމައިފިއެވެ.

އެގޮތުން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ނެރެފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ މިވަގުތުން ފެށިގެން މާރިޗު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް، ފިޔަވަޅުތައް ދަންމާލަން ނިންމާފައިވާ ކަމަށެވެ.

އެ އެންގުމުގައި ބުނެފައިވާ ގޮތުގައި، މާލެ ސަރަޙައްދުގައި ވިޔަފާރީގެ ގޮތުން އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ހުރިހާ ތަންތަނުން، ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެނިހެން ހިދުމަތް ދިނުން ރޭގަނޑު 8:00 އިން ފެށިގެން ހުއްޓައިލަން ޖެހެއެވެ.

Advertisement
Ooredoo — Square (box)

އަދި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތްތައް ވެސް ރޭގަނޑު 10:30 އިން ފެށިގެން ހުއްޓާލަން ޖެހޭނެއެވެ.

ކެފޭ ރެސްޓޯރަންޓުތައް އެހާއިރު ބަންދުކުރަން އަންގާފައިވާތީ އެ ވިޔަފާރިކުރާ ފަރާތްތަކުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން ކޮވިޑްގެ ތެރޭގައި އެފަދަ ވިޔަފާރިތަކަށް ލިބުނު ގެއްލުމުގެ އަދަދު 100 މިލިއަނަށް ވުރެ އިތުރު ވާނެ ކަމަށް ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ލަފާ ކުރެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް