ކޮވިޑް-19: ފ.ނިލަންދޫއިން މީހަކު ފައްސިވެ ރަށް މޮނިޓަރިންއަށް

ފ. ނިލަންދޫއިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މޮނިޓަރިންއަށް ލާ ރަށަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.
ނިލަންދޫ ކައުންސިލުން ވިދާޅުވީ ފައްސިވެފައި ވަނީ މާލެއިން އެރަށަށް ގޮސް ކަރަންޓީންގައި ހުރި އަންހެނެއް ކަމަށެވެ. އަދި އޭނާ ފައްސިވެފައިވާކަން އެނގިފައި ވަނީ ކަރަންޓީންގެ މުއްދަތު ހަމަކުރުމަށް ފަހު ނެގި ރިލީސް ސާމްޕަލްއަކުންނެވެ.
ނިލަންދޫ މޮނިޓަރިންއަށް ލުމާ ގުޅިގެން އެރަށަށް އަރާ ފޭބުން މަނާ ކޮށްފައި ވާއިރު ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ބޭރަށް ނުނިކުތުމަށް އެރަށު ކައުންސިލުން ވަނީ އިލްތިމާސް ކުރައްވާފައެވެ.