Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަތޮޅުތެރެއަށް ފްރަންޓްލައިން އެލަވަންސް ނުދެވި ހުރީ ރަނގަޅަށް ފޯމު ނުފުރިގެން: އެޗްޕީއޭ

އަތޮޅުތެރެއަށް ފްރަންޓްލައިން އެލަވަންސް ނުދެވި ހުރީ ރަނގަޅަށް ފޯމު ނުފުރިގެން: އެޗްޕީއޭ

އަތޮޅުތެރޭގައި މަސައްކަތް ކުރި ފަރާތްތަކަށް ކޮވިޑް-19 އެލަވަންސް ނުދެވި ވަނީ ފޯމުގައި ރަނގަޅަށް މައުލޫމާތު ފުރިހަމަވެފައި ނުވާތީ ކަމުގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (ޢެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވަމުން ދާތީ އެޗްޕީއޭގެ އިސްވެރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް މިއަދު ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

މިގޮތުން އަތޮޅު ތެރޭގައި މަސައްކަތް ކުރި ފަރާތްތައް ކޮވިޑް-19 އެލަވަންސް ނުލިބި ވަނީ ކީއްވެގެންތޯ މެމްބަރަކު ސުވާލު ކުރެއްވުމުން، ޑިރެކްޓާ ޖެނެރަލް އޮފް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވީ، އެލަވަންސް ގެ ކަންކަން ޖެހޭނީ ސާފު ކޮށްލަން ކަމަށެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނިޝާން އިސްމާއީލް ވިދާޅުވީ، އަތޮޅުތެރޭގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ފޯމުތައް ރަނގަޅަށް ފުރުމަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.

“އުޞޫލެއް ހެދިފައި މިހުންނަނީ، އުޞޫލާ އެއްގޮތަށް ކަންތައްތައް ހުރިއްޔާ އަޅުގަނޑުމެންނަށް ޕްރޮސެސް ކުރަން ވަރަށް ފަސޭހަ. އުޞޫލާ އެއްގޮތަށް ނެތިއްޔާ އަޅުގަނޑުމެން އެތަންތަނާ މަޝްވަރާ ކުރެވިގެން އުޞޫލާ އެއްގޮތަށް އިސްލާހު ކުރެވިގެން ދެވިގެން ދަނީ. މިހާރުވެސް އަތޮޅުތެރެއަށް އަޅުގަނޑުމެން ވާނީ މިދިޔަ ހަފްތާ ތެރޭގައި އެބޭފުޅުންނާ އެއްކޮށް ޓެލެކޮންފެރެންސެއް ބާއްވައި، އެބޭފުޅުންނަށް ގައިޑެންސް ފޯރު ކޮށްދެވިފައި. އެހެންވީމާ އިރާދަ ކުރެއްވިއްޔާމުން އެބޭފުޅުން އެއެއްޗެހި (ފޯމު) ރަނގަޅަށް އިސްލާހު ކުރައްވާފައި ފޮނުއްވެވީމައި އެ އެއްޗެހިތައް ޕްރޮސެސްވެ ކުރިއަށްދާނެ." އިބްރާހިމް ނިޝާން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް