Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކެންވާސް އެއްގައި އިދިކޮޅުން ރައީސަށް ފޮނުވި ސިޓީ ހުއްޓުވައިފި

ކެންވާސް އެއްގައި އިދިކޮޅުން ރައީސަށް ފޮނުވި ސިޓީ ހުއްޓުވައިފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް ގެންދަން އުޅުނު ބޮޑު ސިޓީއެއް، ފުލުހުން މިއަދު ހުއްޓުވައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ބޮޑު ސިޓީ ރައީސް އޮފީހާ ހަމަައަށް ނުގެންދެވުނަސް އޭގެ ކުޑަ ކޮޕީއެއް ރައީސް އޮފީހަށް ލާފައިވާ ކަމަށެވެ. އަދި އެ ކޮޕީ ހުށަހަޅުއްވަން ރައީސް އޮފީހަށް ވަޑައިގެންނެވި އިދިކޮޅު ބޭފުޅުންނަށް ފުލުހުން ހުރަސް ނާޅާ ކަމަށް ހީނާ ވިދާޅުވިއެވެ.

އެ ސިޓީގައި އިދިކޮޅުން ވަނީ ދިވެހި ރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ލިބޭ ކޮންމެ ފަހަރަކުމެ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭފަދަ އެގްރީމެންޓުތަށް، ބޭރުގެ ވިޔަފާރި ވެރިންނާއި، ބޭރުގެ ދައުލަތްތަކާއި އެކު ހަދަމުން އަންނަ ކަމަށާއި، އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި އިންތިހާއަށް އޮތް ކަން ފާހަގަ ކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން ގައުމުގެ މިނިވަންކަމާއި، ކަރާމާތަށް ބެލުމެއްނެތި، އަޑިނޭނގޭ ސިއްރު އެއްބަސްވުންތަކުގައި އިންޑިއާ ސަރުކާރާއި އެކު ސޮއި ކޮށްފައި އޮތުމުން، އިންތިހާއަށް ބިރުވެރިކަން އުފެދިފައިވާ ކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.

މިގޮތުން ހެދި އުތުރުތިލަފަޅު އެގްރީމެންޓާއި، އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުގެ އެގްރީމެންޓާއި، ޑޯނިއޯ މަތިންދާބޯޓުގެ އެގްރީމެންޓާއި، ރާޑަރުތައް ބެހެއްޓުމުގެ އެގްރީމެންޓާއި، ހައިޑްރޯ ގްރަފީ ހެދުމުގެ އެގްރީމެންޓުތަކުގައި ވެސް ރައްޔިތުން ކަންބޮޑުވާ ކަންކަން ހުރިކަން ފާހަގަ ކުރައްވައި، އިދިކޮޅުން ވަނީ އެކަންބޮޑުވުންތައް ފިލުވައި ދެއްވުމަށް އެއްބަސްވުންތައް ހާމަކުރުމަށް އެދިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް