މިއީ ވަރަށް ތަފާތުކޮށް ހަދާފައި ހުރި ބެޑްރޫމެއް!

އެކި މީހުންނަށް ލިބިފައި ވާނީ އެކި ހުނަރު ކަމާމެދު އެއްވެސް ދެބަސްވުމެއް ނެތެވެ. އެފަދަ ހުނަރުވެރީން ކުރާ ބުރަ މަސައްކަތްތައް އެނގުމަކީ ވެސް ލިބޭ އުފަލެކެވެ.
ކެމްބޯޑިއާ އަށް އުފަން މި މީހާއަކީ ވެސް އެފަދަ ހުނަރުވެރި އެކެވެ. އޭނާ އަކީ މަށިން ތަފާތު އެއްޗެހި އުފައްދާ، އޭނަގެ އުފެއްދުން ތަކުން މީހުން އާޝޯޚު ކޮށްލުވާ މީހެކެވެ.
އެގޮތުން މީސް މީޑިއާ ގައި ދާދި ފަހުން ވައިރަލް ވެފައިވަނީ، މަށިން ވަރަށް ރީތި ބެޑްރޫމް ސެޓެއް އޭނާ ހަދަނިކޮށް ނަގާފައިވާ ވީޑިއޯ އެކެވެ.
އެ ބެޑަރޫމް ސެޓު ފަރުމާ ކުރުމާއި، އޭގެ ހުރިހާ މަސައްކަތެއް ވެސް ކޮށްފައި ވަނީ އޭނާ އަމިއްލައަށެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި މި މީހާ ދިރިއުޅެނީ ކެމްބޯޑިއާގެ މެދުތެރޭ ޖަންގައްޔެއް ކަމަށްވާ ސަންތޫކް ގައެވެ. އޭނާ އެ ބެޑްރޫމް ސެޓް ހަދާފައިވަނީ ވެސް އެ ޖަންގަލީ ތެރޭގައެވެ.
<img class="alignnone wp-image-72241 size-full" src="https://cdn.dhen.mv/wp-content/uploads/2021/03/20210323_174702.jpg" alt="" width="1075" height="960" />
އެންމެ ޒަމާނީ ފެންވަރަށް ފަރުމާކޮށް، މަށިން އޭނާ މި ބެޑްރޫމް ސެޓުގެ މަސައްކަތް އެއްކޮށް ނިންމާލާފައި ވަނީ 60 ގަޑިއިރު ތެރޭގައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
މަށިން ބެޑްރޫމް ސެޓެއް ހެދުމުގެ އިތުރުން އޭނާ ވަނީ މުސަޅު ބަހައްޓާ ކޮށްޓަކާއި ކުއްތާ ބަހައްޓާ ކޮށްޓެއް ވެސް މީގެ ކުރިން ހަދާފައެވެ.
އެ ވީޑިއޯގައި އޭނާގެ ނަން ހާމަ ކޮށްފައި ނެތް ނަމަވެސް، އޭނާގެ ފުރިހަމަ މަސައްކަތް ދައްކާލާފައިވެއެވެ.





ކޮމެންޓް