ޚަބަރު

އުނގޫފާރު ކްލަސްޓާ: ދިއްފުށިން ދެ މީހަކު ކޮވިޑަށް ފައްސިވެ، ރަށް މޮނީޓަރިންގަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދިޔަ ހަފްތާގައި ރ. އުނގޫފާރުން ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެރަށަށް ދިޔަ އެންމެން ކަރަންޓީނު ވެ، ނެގި ރެންޑަމް ސާމްޕަލްތަކަކުން ކ. ދިއްފުށިން ދެ މީހަކު ފައްސިވެެ، އެރަށް ވެސް މޮނީޓަރިންގަށް ލައިފިއެވެ.

Ads by MWSC

ދިއްފުށިން ބުނި ގޮތުގައި ބޭސްފަރުވާއަށް ދިއްފުށިން އުނގޫފާރަށް ދިޔަ ބައެއްގެ ތެރެއިން ކޮވިޑް-19 އަށް ފައްސި ވެފައިވަނީ އެއް ގެއެއްގެ ދެ މީހުންނެވެ.

ނަމަވެސް ދިއްފުށިން ކޮވިޑަށް ފައްސިވީ ދެމީހުން އުނގޫފާރުން ފައްސިވީ މީހުންނާއި ބައްދަލު ވެފައިވާ ކަމެއް ނުވަތަ ނުވާ ކަމެއް އެނގިފައި ނުވާ ކަމަށް ދިއްފުށިން ބުނެއެވެ.

އުނގޫފާރުން ބަޔަކު ފައްސި ވުމާއެކު، މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އެ ރަށަށް ދަތުރު ކުރި އެންމެން ކަރަންޓީނު ވާން ވަނީ އަންގައިފައެވެ. އެ މުއްދަތުގެ ތެރޭގައި އެ ރަށަށް ދަތުރުކުރި ނައިފަރު މީހަކު ވެސް ވަނީ ކޮވިޑަށް ފައްސި ވެފައެވެ. އެހެންކަމުން އެ ރަށް ވެސް މިހާރު ވަނީ މޮނިޓަރިންއަށް ލައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!