Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް ބީލަމަށް ހުޅުވާލައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް ބީލަމަށް ހުޅުވާލައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރާނެ ބަޔަކު ހޯދަން އިންޑިއާ އެގްޒިމް ބޭންކުން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ.

އެނގިފައިވާ ގޮތުގައި ހަނިމާދޫ އެއާޕޯޓު އަލުން އަޅަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.

އެގްޒިމް ބޭންކުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2،460 (ދެހާސް ހަތަރުސަތޭކަ ފަސްދޮޅަސް) މީޓަރުގެ އާ ރަންވޭއަކާއި 111،000 (އެއްލައްކަ އެގާރަ ހާސް އަކަފޫޓުގެ ޒަމާނީ ޓަރމިނަލެއް ޢިމާރާތް ކުރެވޭނެއެވެ. އަދި 624،000 (ހަ ލައްކަ ސައުވީސް ހާސް) އަކަފޫޓުގެ އޭޕްރަންއަކާއި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާ ކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމު ކުރެވިގެންދާނެ އެވެ.

Advertisement
HDC — Sidebar (box)

އެ މަޝްރޫއަށް ބިޑް ހުށަހަޅަަން ހުޅުވައިލުމަށް އިންޑިއާ އެގްޒިމް ބޭންކުން މިއަދު ކުރި އިއުލާނުގައިވާ ގޮތުން ބިޑް ހުށަހަޅަން ޖެހޭނީ އަންނަ މަހުގެ 22 ވަނަ ދުވަހު އިންޑިއާ ގަޑިން މެންދުރުފަހު 3:00 ގެ ކުރިންނެވެ. އިއުލާނުގައިވާ ގޮތުން އެ މަޝްރޫޢު ހިންގަން ހޯދަނީ އިންޑިއާގެ ކުންފުންޏެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް