ސިޓީ ކައުންސިލްގެ ހިންގުން ވަރުގަދަކުރެވޭނީ އެކަން އެމްޑީޕީއާ ހަވާލުކޮށްގެން: ރައީސް ނަޝީދު
މާލެ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނީ އެމްޑީޕީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރަށްވެހިފަތިސް ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން މާފަންނު މެދު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ މާލެ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނީ މާލެ ސިޓީ ކައުންސިލްގެ ހިންގުން ރަނގަޅުކޮށް އެތަން ހަރުދަނާކޮށްގެން ކަމަށާއި މާލެ އަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ މީހުން އެއް އަކަމީޓަރުގައި ދިރިއުޅޭ ސަރަހައްދު ކަމަށެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ މާލެ ސިޓީ ކައުންސިލްއެއް ބިނާކުރެވޭތޯ މަސައްކަތް ކުރަމުން ދާކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ގެނެސްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މި އުޅެނީ މާލެ ސިޓީ ކައުންސިލްއެއް ބިނާކުރެވޭތޯ. އެމްޑީޕީން ދުށީ އެމީހުންގެ އޮފީސް ހުންނަން ޖެހޭނީ މާލެ މެދުގައި ބިއްލޫރިޖެހިގޭގައި ކަމަށް. މުއިއްޒު ދެކެވަޑައިގަތީ އެތަން ތަޅާލަންވީ ކަމަށް. އެތަނުގައި ހުރި ހުރިހާ އެއްޗެއް ގޮސް ގުދަނަކަށް އުކާލަންވީ ކަމަށް. މުއިއްޒު ދެކެވަޑައިގަތީ ގޮނޑި މޭޒު ނަގަންވީ ކަމަށް. މުވައްޒަފުން ފޮނުވާލަންވީ ކަމަށް. ކައުންސިލަރުން ގެންގޮސް ހިފާ ހައްޔަރުކުރަންވީ ކަމަށް. އެހެންނަމަވެސް އަޅުގަނޑުމެން ދެންނެވިން އަޅުގަނޑުމެން އެނބުރި އަންނާނަމޭ. ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭނަމޭ” އަބަދުވެސް މުއިއްޒަށް ފާޑު ވިދާޅުވާ ނަޝީދު ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން މާލޭ ސިޓީ ކައުންސިލަކީ އަބަދުވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.
އެހެން ދޯ! މިހާރު ތިބި ބީޖޭޕީންނަށް ކަލޭގެ އިތުބާރެއް ނެތް ދޯ! މަވެސް ނުކުރަން އެމީހުންނަށް އިތުބާރެއް. މިފަހަރު ހަވާލު ކުރާނީ އެމްޑީޕީއާ.