Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ތިކިޖެހި ތާނައިގެ އަކުރުތައް މީޑިއާނެޓަށް އޮޅިއްޖެ

ތިކިޖެހި ތާނައިގެ އަކުރުތައް މީޑިއާނެޓަށް އޮޅިއްޖެ
ރާއްޖޭގެ ގިނަ ބަޔަކު ބޭނުން ކުރާ މީޑިއާނެޓަށް ތިކިޖެހި ތާނައިގެ އަކުރުތައް އޮޅިއްޖެއެވެ. ޕަަވިޔަންޏަކީ ތިކިޖެހި ތާނައިގެ އަކުރެއް ކަމަށް ހީކޮށް، މީޑިއާނެޓުން ކުރި ޕޯސްޓަކަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. އެގޮތުން މީޑީއާނެޓުން ކޮށްފައިވާ ޕޯސްޓުގައި ސުވާލު ކޮށްފައި ވަނީ ތިކިޖެހި ތާނަ އުވާލަން ތާއިދު ތޯއެވެ. އަދި އެ ޕޯސްޓުގައި ބޭނުން ކޮށްފައި ވަނީ އިނގިރޭސި ވިލާތުގެ ކްލަބް ލިވަރޕޫލްގެ ލޯގޯއެވެ. އެ ޕޯސްޓުގައި ހިއްސާ ކޮށްފައި ވަނީ ލިވަރޕޫލްގެ އަސްުލު ލޯގޯ އާއި އެޑިޓް ކޮށްފައިވާ ލޯގޯއެކެވެ. އަސްލު ލޯގޯގައި "ލިވަޕޫލް" ކިޔާއިރު އިނގިރޭސިން "ޕީ" އަކުރެއް ޖަހާފައިވާއިރު އެއީ ކުރިން ލިވަރޕޫލްގެ ލޯގޯ އިންނަ ގޮތް ކަމުގައި މީޑިއާނެޓުން ބުނެފައިވެއެވެ. އަދި ދެވަނަ ފޮޓޯގައި މިހާރު ލޯގޯ އިންނަ ގޮތް ކަމަށް ބުނެ ޖަހާފައިވަނީ "ލިވަރފޫލް" އެވެ. އިނގިރޭސި ބަހުން "ފޫލް"ގެ މާނަ އަކީ މޮޔަ މީހާއެވެ. ނުވަތަ ހަމަ ނުޖެހޭ މީހާއެވެ. އެހެންކަމުން މި ޕޯސްޓަށް ލިވަރޕޫލްގެ ގިނަ ސަޕޯޓަރުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

‌

https://dhen.mv/72375 ތިކިޖެހި ތާނައިގެ ބަހުން މީސްމީީޑިއާގައި މިހާ ހޫނުވެފައިވާއިރު މިކަމުގައި އެކި މީހުން ދައްކާ ވާހަކަ ތަފާތެވެ. ނަމަވެސް ބަދަލު ކުރެވެން ނެތް ހަގީގަތަކީ ޕަވިޔަންޏަކީ ތިިކި ޖެހި ތާނައިގެ އަކުރެއް ނޫން ކަމެވެ. އެއީ ތާނައިގެ އަކުރެކެވެ. އަޅުގަނޑުމެން މި ކިޔާ ހާ ށަވިޔަނީގެ އަކުރެކެވެ. އެހެންކަމުން ތިކިޖެހި ތާނަ އުވާލިޔަސް ނުލިިޔަސް، ލިވަރޕޫލް، ލިވަފޫލަކަށް ނުވާނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް