Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މީޑިއާނެޓަށް އެކަންޏެއް ނޫން، ލިޓަސްއަަށް ވެސް ތިކިޖެހި ތާނަ އޮޅިއްޖެ!

މީޑިއާނެޓަށް އެކަންޏެއް ނޫން، ލިޓަސްއަަށް ވެސް ތިކިޖެހި ތާނަ އޮޅިއްޖެ!

ދިވެހިރާއްޖޭގައި ސައިކަލު ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ލިޓަސް އޮޓޯ މޯބައިލްސް އަށް ތިކިޖެހި ތާނައިގެ އަކުރުތައް އޮޅިއްޖެއެވެ.

ތިކިޖެހި ތާނައިގެ ބަހުސް މީސްމީޑިއާގައި ފޯރިއާއެކު ކުރިއަށް ދާއިރު، އިއްޔެގެ ވަގުތެއްގައި ލިޓަސް އިން ކުރި <a href="https://www.facebook.com/326177187536560/posts/1872963352857928/?d=n">ޕޯސްޓެއްގައި</a> އަހާފައި ވަނީ  ތިކިޖެހި ތާނަ އުވާލުމަށް ފެނޭތޯއެވެ. އަދި ޕީސީއެކްސް “ފީސީއެކްސް” އަށް ބަދަލު ވީމަ މާދެރަ ކަމަށް ލިޓަސް އިން އެ ޕޯސްޓުގައި ބުނެފައި ވެއެވެ.

<img class="alignnone size-medium wp-image-72464" src="https://cdn.dhen.mv/wp-content/uploads/2021/03/F80F0ADA-0E61-4EF9-83AC-655B7677B79A-199x300.jpeg" alt="" width="199" height="300" />

Advertisement
Allied — Dhen Online (box)

ލިޓަސް އިން މި މޭރުމުން ޕޯސްޓުކޮށްފައި ވާއިރު ގިނަ ބަޔަކު ވަނީ ލިޓަސްގެ މި ޕޯސްޓަށް ފާޑު ކިޔާ ތިކިޖެހި ތާނައިގެ އަކުރުތައް ލިޓަސް އަށް ވަކި ކުރަން ނޭނގޭ ކަމަށް ބުނެފައެވެ.

ތިކިޖެހި ތާނަ އަކީ ދިވެހި ބަހުގައި އަރަބި ބައެއް ލަފްޒުތައް ހިމެނޭތީ އެބަސްތަކުގެ އަޑު ގެނައުމަށް ޓަކައި ބޭނުން ކުރަން ފެށި އެއްޗެކެެވެ. ތިކިޖެހި ތާނަ ތަޢާރަފް ވުމުގެ ކުރިން ދިވެހީން އެފަދަ ލަފުޒުތައް ލިޔެ އުޅުނީ އަރަބި ބަހުންނެވެ. ނަމަވެސް ތާނައިގެ އަކުރުތަކުގެ ތެރެއަށް ތިކި އިތުރުކޮށް އެކަމަށް ހައްލެއް ހޯދީއެވެ.

ތިިކި ޖެހި ތާނައިގެ އަކުރު ތަކުގެ ތެރޭގައި ހިމެނޭނީ ޚ، ޙ، ޢ، ޣ، ޝ، ޞ، ޟ، ޤ، ޜ އަދި މި ނޫން ވެސް އަރަބި އަޑުތައް ހިމެނޭ އަކުރު ތަކެވެ.

https://dhen.mv/72448

އެހެންކަމުން ތިކިޖެހި ތާނަ އުވާލި ކަމުގައި ވިޔަސް އަދި އުވާ ނުލި ކަމުގައި ވިޔަސް ޕަވިޔަނި ޕީސީއެކްސް އަށް “ފީސީއެކްސް” އެއް ނުކިޔޭނެއެވެ. އެހެނީ ޕަވިޔަންޏަކީ ތިިކިޖެހި ތާނައިގެ އަކުރެއް ނޫނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް