Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފެލިވަރުގެ މުވައްޒަފަކު ފައްސިވެ ރަށް މޮނިޓަރިންއަށް

ފެލިވަރުގެ މުވައްޒަފަކު ފައްސިވެ ރަށް މޮނިޓަރިންއަށް

ޅ. ފެލިވަރުގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑަށް ފައްސިވެ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ފެލިވަރުގެ ރީޖަނަލް މެނޭޖަރު މުހައްމަދު އިބްރާހިމް ވިދާޅުވީ ފެލިވަރުގައި މަސައްކަތް ކުރާ މުވައްޒަފަކު މިއަދު ފައްސިވެފައިިވާ ކަމަށާއި ޕޮޒިޓިވްވެފައި ވަނީ އެ އަތޮޅު ނައިފަރަށް ނިސްބަތްވާ މުވައްޒަފެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެމީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރެވޭނެ ކަމަށެވެ.

Advertisement
HDC — Sidebar (box)

ޅ. އަތޮޅު ހޮސްޕިޓަލްގެ ޓީމެއް މިހާރު ފެލިވަރަށް ގޮސް ޙާލަތު ދެނެގަތުމަށް މަސައްކަތް ކުރަމުން ދެއެވެ. މި ޓީމުން ފެލިވަރަށް ގޮސް ހުމާއި ރޯގާގެ އަލާމާތްތައް ހުރި މީހުންގެ ސާމްޕަލް ނަގާ އެ ރަށުގެ ޙާލަތު ދެނެގަންނާނެއެވެ.

ފައްސިވި މީހާ އެންމެ ފަހުން މަސައްކަތަށް ނުކުމެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭގެ ފަހުން އޭނާ ބަލިވެގެން މަސައްކަތަށް ނުކުމެފައި ނުވާ ކަމަށާއި އޭނާ މިވަގުތު ހުރީ ނައިފަރުގައި ކަމަށް ފެލިވަރުން މައުލޫމާތު ދެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް