Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހިޔާ މަޝްރޫޢުއިން ފުލުހުންނާއި ސިފައިންގެ ކެޓަގަރީ އުވާލަން މަސައްކަތް ކުރާ ވާހަކަ ދޮގުކޮށްފި

ހިޔާ މަޝްރޫޢުއިން ފުލުހުންނާއި ސިފައިންގެ ކެޓަގަރީ އުވާލަން މަސައްކަތް ކުރާ ވާހަކަ ދޮގުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރަމުންދާ ހިޔާ މަޝްރޫޢުއިން ފުލުހުންނާއި ސިފައިންނަށް ފުލެޓު ލިބުނު ކެޓަގަރީ އުވާލަން މަސައްކަތް ކުރާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް އާންމުންގެ އެކުވެރި ގުޅުން ޖަމުޢިއްޔާއިން ބުނި ވާހަކަތައް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދޮގު ކުރައްވައިފިއެވެ.

މި ވާހަކަތައް ރިޕޯޓުކޮށް، އޮންލައިން ނޫހަކުން ގެނެސްފައިވާ ހަބަރެއް ހިއްސާ ކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ އެއީ ހަމަ ސީދާ ކަނޑައެޅިގެން ދޮގު ކަމަށެވެ.

"ސިފައިންނަށް ކަނޑައެޅިގެން އެނގޭނެ އެމީހުންނަށް ލިބޭ 300 ފްލެޓުގެ ފޯމުތައް އެމްޑީއެފްއިން ދިރާސާކޮށް، އިންޓަވިއު ކޮށްފިކަން" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

‏ހިޔާ ފުލެޓުން ފުލުހުންނާ ސިފައިންނަށް ކަނޑައެޅީ ފުލުހުންނަށް ކަނޑައެޅި 300 ފުލެޓު އަދި ސިފައިންނަށް ޚާއްޞަކުރި 300 ފުލެޓު ހިމެނޭހެން 600 ފްލެޓެވެ.

އާންމުންގެ އެކުވެރި ގުޅުމުން ބުނެފައި ވަނީ އެ ދެ ކެޓެގަރީ އުވާލަން މަޝްވަރާ ކުރެވެމުންދާ ވާހަކަ އަދި އެކަމުގެ ކަންބޮޑުވުން، އެޖަމުޢިއްޔާގެ ‏މެންބަރުންގެ ތެރޭގައި ހިމެނޭ ބައެއް ފުލުހުން އަދި ސިފައިން މިއަދު ހިއްސާ ކޮށްފައި ވާކަމަށާއި ހިޔާ ފުލެޓާ ގުޅޭ ގޮތުން ސަރުކާރުން މިހާތަނަށް ކަންތައް ކޮށްފައިވާ ގޮތުން، މިފަދަ ކަމެެއް ކުރަން އުޅޭ ޚަބަރު ލިބުމުން، އެކަން ނުކުރާނޭ ބުނަން ވަރަށް ދަތި ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް