Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސައްލެ ގެ މާފު: ވިދާޅުވީ ސިވިލް ސަރވެންޓުގެ ގައިގައި ހުންނަންޖެހޭ ކަމަށް އިލްމުވެރިން އެއްބަސްވާ ޕްރިންސިޕަލް ތަކެއް

ސައްލެ ގެ މާފު: ވިދާޅުވީ ސިވިލް ސަރވެންޓުގެ ގައިގައި ހުންނަންޖެހޭ ކަމަށް އިލްމުވެރިން އެއްބަސްވާ ޕްރިންސިޕަލް ތަކެއް

 

ކުރީގެ ސިވިލް ސާރވެންޓެއްގެ ގޮތުން ޕްރޮފެޝަނަލް ސިވިލް ސަރވެންޓެއް ރާއްޖޭގައި އުފެއްދުމަކީ ބޮޑު އުންމީދެއް ކަމަށާއި މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަމުން ވިދާޅުވީ ސިވިލް ސަރވެންޓުގެ ގައިގައި ހުންނަންޖެހޭ ކަމަށް އިލްމުވެރިން އެއްބަސްވާ ޕްރިންސިޕަލް ތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި ސަލީމް އިއްޔެ ވިދާޅުވެފައި ވަނީ ސިވިލް ސާވިސް މުވައްޒަފަކީ "ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަ މަޑުންލައިގެން ހުންނަން ޖެހޭ މީހެއް" ކަމަށެވެ.

Advertisement
Allied Insurance — Square (box)

ސަލީމްގެ އެ ވާހަކަފުޅަށް ވަރަށް ގިނަ ސިވިލް ސާވަންޓުންނާއި އާންމުން ވެސް އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ސަލީމް މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކުރީގެ ސިވިލް ސަރވެންޓެއްގެ ގޮތުން ޕްރޮފެޝަނަލް ސިވިލް ސަރވެންޓެއް ރާއްޖޭގައި އުފެއްދުމަކީ ބޮޑު އުންމީދެއް ކަމަށެވެ. އަދި މަޖިލީހުގައި ވާހަކަ ދެއްކީ ވެސް އެގޮތުން ކަމަށެވެ.

“ވާހަކައިގެ ތަންކޮޅު ވަކިން ޓްވިސްޓް ކުރިޔަސް ޖުމްލަކޮށް ދެއްކި ވާހަކައަކީ ޕްރޮފެޝަނަލް ސިވިލް ސަރވެންޓުގެ ހުންނަން ޖެހޭކަމަށް އިލްމުވެރިން އެއްބަސްވާ ޕްރިންސިޕަލްތަކެއް” ސައްލެ ވިދާޅުވިއެވެ.

 

https://twitter.com/sallehoarafushi/status/1375024331663679488?s=21

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް