މި ފެރިސްވީލް ހަދާފައިވާ ގޮތް އެނގިއްޖެ ނަމަ އަޖައިބުވެ އަންތަރީސްވާނެ!!

ފޮޓޯއިން ތިޔަ ފެންނަ ފެރިސްވީލް ވަރަށް ވެސް ފުރިހަމަ އެހެން ނޫންތޯއެވެ. ފޮޓޯއަށް ބަލާލައިފައި ގިނަ މީހުންނަށް ހީވާނީ އެއީ ދަގަނޑުން މޮޅުގޮތަކަށް ފަރުމާ ކޮށްފައި ހަދާފައިވާ އެއްޗެއް ކަމަށެވެ.
ނަމަވެސް ތިޔަ ހީކުރަނީ ރަނގަޅަކަށް ނޫނެވެ. ހަގީގަތަށް ބުނާނަމަ، މި ފެރިސް ވީލުގައި ދަގަނޑުގެ އެންމެ އެތިފުކެއް ވެސް ނުުހިމެނެއެވެ.
މިއީ މުޅިން އެއްކޮށް ޗޮކުލެޓުން ހަދާފައިވާ ފެރިސް ވީލެކެވެ. މިއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައި ވަނީ، ޗޮކުލެޓުތަކުގެ މަތީގައި ޖައްސާފައިހުރި ކާ ކުލައިންނެވެ.
މިންތަކެއް ނަގައިގެން، ވަރަށް ވެސް ފުރިހަމަ ކަމާއެކު މިމަސައްކަތް ކޮށްފައި ވަނީ ސްވިޒަލޭންޑުގެ ޖެނީވާއަށް އުފަން ޝެފް އަމޯރީ ގުއީޝަން އެވެ.
<img class="alignnone wp-image-72702 size-large" src="https://cdn.dhen.mv/wp-content/uploads/2021/03/Polish_20210325_194106853-1024x768.jpg" alt="" width="1024" height="768" />
ޗޮކުލެޓުން ތަފާތު އެކި އުފެއްދުންތައް އުފައްދާފައިވާ އަމޯރީ އެންމެ ފުރަތަމަ ކަލިނަރީ ޓްރޭނިންގެއް ހަދާފައިވަނީ 2005 ވަނަ އަހަރުގައެވެ. އޭރު އޭނާގެ އުމުރުން އެންމެ 14 އަހަރެވެ. އޭގެ ފަހުން އުމުރުން 18 އަހަރު ފުރުމުން އޭނާ ފްރާންސަށް ގޮސް، އީކޯލް ހޮޓެލިއާ ސަވޯއީ ގައި އޭނާ ދެ އަހަރު ވަންދެން މަސައްކަތް ކުރިއެވެ. އަދި އިތުރަށް ޓްރޭނިންގ ވެސް ހޯދިއެވެ.
އަމޯރީ އެނބުރި ސްވިޒަލޭންޑަށް ދިޔުމަށްފަހު ކަލިނަރީން އިތުރަށް ކުރިއަށް ދިޔައެވެ. އަދި އެޕްރެންޓިސް ޗޮކޮލެޓް ޝޯޕީސް ކޮންޓެސްޓުން އެއަހަރު އޭނާ އެއްވަނަ ވެސް ހޯދިއެވެ.
އަމޯރީ ވަނީ ޗޮކްލެޓު ބޭނުން ކޮށްގެން ތަފާތު އެކި އެއްޗެހި އުފައްދާފައެވެ. އެގޮތުން އިހު ޒަމާނު މީހުން ބޭނުންކޮށް އުޅުނު ވައްތަރުގެ ގަޑިއަކާއި، ކަބަޑު ސެޓަކާއި، ކުރީ ޒަމާނުގެ ރޭޑިއޯއެއް ވެސް އަމޯރީ ވަނީ ތައްޔާރު ކޮށްފައެވެ.







ކޮމެންޓް