Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކެމްޕޭނު ކުރުމަށް ހަމަހަމަ ފުރުސަތު ދިނުމަށް އެމްޑީއޭއިން ގޮވާލައިފި

ކެމްޕޭނު ކުރުމަށް ހަމަހަމަ ފުރުސަތު ދިނުމަށް އެމްޑީއޭއިން ގޮވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމަށް ހަމަހަމަ ފުރުސަތު ދިނުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ގޮވާލައިފިއެވެ.

އެޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކައުންސިލް އިންތިހާބަށް ޕާޓީގެ ފަރާތުން ކުރަން ޖެހޭ މަސައްކަތްތައް ކުރަން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ކައުންސިލު އިންތިހާބު ބާއްވަނީނަމަ ހާއްސަ ހާލަތްތަކެއް ފަހި ކޮށްދީގެން ވިޔަސް، އިންތިހާބު ބާއްވާނެ އަމާން މާހައުލެއް ގާއިމު ކޮށްދޭން ޖެހޭ ކަމަށް ވެސް އެމްޕީ އާމިރު ވިދާޅުވި އެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން މެމްބަރު އާމިރު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދިމާވާ މިފަދަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަކީ އިލެކްޝަންސް ކޮމިޝަންގެ ވާޖިބެއްކަން ގާނޫނު އަސާސީގެ 170 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

"އެހެން ނަމަވެސް، މިހާ ހިސާބަށް އައިއިރުގައި ވެސް އަޅުގަނޑުމެންނަށް އިލެކްޝަންސް ކޮމިޝަނުން ހަމައެކަނި އެ މަސައްކަތް ކުރުމަށް ބުނުން ފިޔަވައި އިތުރު ކަމެއް ކުރެވިފައިވާ ތަނެއް ނުފެނޭ،" މެމްބަރު އާމިރު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 10 ވަަނަ ދުވަހުގައެވެ. އިންތިހާބު ފެށެން މިހާ ގާތް ވެފައިވާއިރު އިންތިހާބަށް ކެމްޕޭނު ކުރުމުގެ ހަމަހަމަ ފުރުސަތު ލިބިފައި ނުވާ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް