Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގއ. ވިލިނގިއްޔާއި ލ. ގަމުގައި ގާއިމް ކުރި ކޮވިޑް ފެސިލިޓީ ހުޅުވައިފި

ގއ. ވިލިނގިއްޔާއި ލ. ގަމުގައި ގާއިމް ކުރި ކޮވިޑް ފެސިލިޓީ ހުޅުވައިފި

ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި ގއ. ވިލިނގިލީ ހޮސްޕިޓަލްގައި ޤާއިމުކުރި ކޮވިޑް-19 އަށް ފަރުވާދޭ ފެސިލިޓީ ހުޅުވައިފިއެވެ.

ރާއްޖެ ފަސް ޒޯނެއްގައި ކޮވިޑް-19އަށް ފަރުވާދޭ ފެސިލިޓީތައް ގާއިމް ކުރުމަށް ސަރުކާރުން ނިންމާފައިވާ އިރު އަލަށް ހިދުމަތް ފެށި ފެސިލިޓީތަކާއިއެކު ރާއްޖޭގެ ފަސް ސަރަޙައްދުގައި މިބައްޔަށް ފަރުވާދޭ ފެސިލިޓީ ޤާއިމުކޮށް މިވަނީ ނިމިފައެވެ.

ކޮވިޑަށް ފަރުވާދޭ މަރުކަޒުތަކާއި، ޓެސްޓް ކުރެވޭނެ އިންތިޒާމް އަތޮޅުތަކުގައި ހަމަޖެއްސުމަކީ ރަށްރަށާ ގާތުން ޚިދުމަތް ދެވޭނެ މަގުފަހިކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ.

ފެސިލިޓީގެ މަސައްކަތް ނިންމައި ޚިދުމަތްފެށި ގަމު ރީޖަލް ހޮސްޕިޓަލާއި ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކުރި ފެސިލިޓީތަކުގައި ބައްޔަށް ޓެސްޓްކުރުމާއި، އައިސީޔޫގެ ޚިދުމަތާއި، އައިސޮލޭޝަނާއި ކަރަންޓީނު އެނދު ހިމެނެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލްގައި ޤާއިމުކުރި ފެސިލިޓީއަކީ 47 އެނދުގެ ފެސިލިޓީއެކެވެ. ފެސިލިޓީގައި 20 އައިސީޔޫ އެނދާއި، އައިސޮލޭޝަން 15 އެނދާއި ކަރަންޓީނު 12 އެންދު ހިމެނެއެވެ.

Advertisement
HDC — Sidebar (box)

ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގެ ފެސިލިޓީއަކީ 23 އެނދުގެ ކެޕޭސިޓީގެ ފެސިލިޓީއެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް