ބޮލީވުޑް

ނިކް ހުންނަ ގޮތެއް ކުރިން ޕްރިޔާންކާއަށް ކަމަކު ނުދޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކައިވެނި ކޮށްގެން އުޅޭ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރެއިން ޕްރިޔާންކާ ޗޯޕްރާ ޖޯނަސް އާއި އޭނަގެ ފިރިމީހާ އަދި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ގެ ކައިވެންޏަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ކައިވެންޏެކެވެ.

Ads by Hajj Corporation

ދެމީހުންގެ އުމުރުގެ ތަފާތު ވަރަށް ބޮޑަށް ހުރުމުން ފާޑުކިޔުން އަމާޒުވި ނަމަވެސް، ޕްރިޔާންކާއާއި ނިކް އަބަދުވެސް އުޅެނީ ވަރަށް ލޯބިންކަން ވެސް ބައެއް މީހުން ފާހަގަ ކުރެއެވެ.

އެކަމަކު ޕްރިޔާންކާ ބުނި ގޮތުގައި އޭނާއަށް ކުރިން ނިކް ކަމަކު ނުދެއެވެ. ނިކް ދެކެ އޭނާ ކުރިން ވަރަށް ފޫހިވި ކަމަށް ވެސް ޕްރިޔާންކާ ބުނެފައިވެއެވެ.

ދާދި ފަހުން "އޯޕްރާ ވިންފްރޭ" އަށް ދިން އިންޓަވިއު އެއްގައި ޕްރިޔާންކާ ބުނީ، އޭނާއަށް ވެސް ކުރިން "ފޮތުގެ ބޭރުގަނޑަށް އެކަނި ބަލާފައި" ގޮތް ނިންމުނު ކަމަށެވެ.

"ނިކް އަހަންނަށް މެސެޖު ކުރަން ފެށީމަ އެކަން ވެސް އަހަރެން ސީރިއަސްކޮށެއް ކުރިން ނުނަގަން. އަހަރެންގެ މަސައްކަތާއި ކާމިޔާބީއަށް ތައުރީފު ކޮށްފައި ވެސް މެސެޖު ކުރި. އޭނަ ހުންނަ ގޮތްވެސް އޭރު އަހަންނަށް ކަމަކު ނުދިޔަ" ޕްރިޔާންކާ ބުންޏެވެ.

ނަމަވެސް ފަހުން ނިކްއާ ބައްދަލުކޮށް، ވާހަކަ ދެކެވެން ފެށުމުން މަޑުމަޑުން ހިތް އެނބުރެން ފެށި ކަމަށް ޕްރިޔާންކާ ބުނެފައިވެއެވެ.

ނިކް އާއި ޕްރިޔާންކާ ކައިވެނި ކުރީ އިންޑިއާ ގައެވެ. ދެ ގޮތަކަަށް ކުރި މި ކައިވެނީގައި ދެ ފަރާތުގެ ވެސް އާއިލާއާއި ގާތްމީހުންގެ އިތުރު މަޝްހޫރު ބައެއް ފަންނާނުން ވެސް ބައިވެރި ވިއެވެ. ޕްރިޔާންކާ މިވަގުތު ދިރިއުޅެމުން ދަނީ އޭނަގެ ފިރިމީހާއާއެކު ލޮސް އެންޖެލަސް ގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!