Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
މުނިފޫހިފިލުވުން

ޝާހުރުކް ގެ ގޭގެ ވަށައިގެން ޕްލާސްޓިކް ރޯލު ދަމައިފި

ޝާހުރުކް ގެ ގޭގެ ވަށައިގެން ޕްލާސްޓިކް ރޯލު ދަމައިފި

ބޮލީވުޑްގެ ސުޕަސްޓާރު ޝާރުކް ޚާން މުންބާއީ ގައި ހުންނަ އޭނާގެ މެންޝަން "މަންނަތު" ވަށައިގެން ޕްލާސްޓިކް ރޯލް ދަމައިފިއެވެ. މަންނަތުގައި ޕްލާސްޓިކް އޮޅާފައިވާ ފޮޓޯތައް މިހާރު އަންނަނީ މީސް މީޑިއާ ގައި ދައުރުވަމުންނެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ޝާރުކްޚާން ގޭގައި ޕްލާސްޓިކް އޮޅައިފައި މިވަނީ ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުންނެވެ. ނަމަވެސް އެހެން ބައެއް ރިޕޯޓުތަކުގައި ބުނާ ގޮތުން ޝާރުކް މިގޮތަށް ކަންކޮށްފައިމިވަނީ މުމްބާއީ އަށް މިހާރު ކުރަމުންދާ ވިއްސާރައިން ގެއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމުގެ ގޮތުންނެވެ.

މިކަމާއި ގުޅިގެން ޝާރުކް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

Advertisement
Allied Insurance — Square (box)

މަންނަތުގައި ދިރިއުޅެނީ ޝާހު އާއި އަންހެނުން ގޯރީ ގެ އިތުރުން ދެ ދަރިންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް