ދުނިޔެ

ކޮވިޑް-19: ބްރެޒިލްގެ ދެ ވަޒީރަކު ފައްސި ވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

ސީއެންއެން: ބްރެޒިލްގެ ދެ ވަޒީރަކު ކޮވިޑް-19 އަށް އެއް ދުވަސް ތެރޭ ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

ްބްރެޒިލްގެ ދެ ވަޒީރުން އިއްޔެ މިބައްޔަށް ފައްސި ވެފައިވާއިރު، އެޤައުމުގެ ރައީސް ޖެއިރް ބޮލްސޮނާރޯ އާއި ސަރުކާރު އިސް ތިން ފަރާތެއް ވެސް ވަނީ ބައްޔަށް ފައްސި ވެފައެވެ.

ރިޕޯޓުތަކުން ބްރެޒިލުން އިއްޔެ މިބައްޔަށް ފައްސި ވެފައިވަނީ މިނިސްޓަރ އޮފް ސިޓިޒެންޝިޕް އޮނީޒް ލޮރެންޒީ އާއި އެޑިއުކޭޝަން މިނިސްޓަރ މިލްޓަން ރިބޭރޯ އެވެ.

ލޮރެންޒޯ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާ ކޮވިޑަށް ފައްސިވެފައިވާކަން އެނގުނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ބަލީގެ އަލާމާތްތަށް ފެންނަން ފެށިފަހުން ކަމަށެވެ. އަދި ބައްޔަށް ޓެސްޓުކުރަން ސާމްޕަލް ނެގީ މިދިޔަ އާދީއްތަ ދުވަހު ކަމަށާއި ނަތީޖާ ލިބުނީ އިއްޔެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މިނިސްޓަރ ރިބޭރޯ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިއްޔެ މިބައްޔަށް ފައްސިވެފައިވާއިރު މިހާރު ފަރުވާ ހޯދަން ފަށާފައިވާ ކަމަށެވެ.

ބްރެޒިލުން މިހާރު މިބައްޔަށް ފައްސިވީ މީހުންގެ އަދަދު ދެ މިލިއަނަށްވުރެ މަތިވެފައިވާއިރު 80،000 އަށްވުރެ ގިނަ މީހުން އެޤައުމުން ކޮވިޑް ޖެހިގެން މަރުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!