Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ލުއި ޚަބަރު

ސައިކަލު ދުއްވަމުން ދިޔަ މީހަކު ހުއްޓުވީ ފުލުހެއް، ދެން ކަންތައްވީ ވަރަށް ވެސް ތަފާތުކޮށް!

ސައިކަލު ދުއްވަމުން ދިޔަ މީހަކު ހުއްޓުވީ ފުލުހެއް، ދެން ކަންތައްވީ ވަރަށް ވެސް ތަފާތުކޮށް!

އިންޑިއާގެ ތަމިލްނާޑޫގައި ފުލުހެއް ވަރަށް ބާރަށް ސައިކަލު ދުއްވާފައި ދިޔަ މީހަކު ހުއްޓުވައި ކަންކުރި ގޮތުން އެތައް ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އޭނާ ސައިކަލު ހުއްޓުވީ ދުއްވަން ޖެހޭ ބާރު މިނަށްވުރެ ބާރަށް ދުއްވާފައި ދަނިކޮށެވެ. އެހެން ނަމަވެސް ފިޔަވަޅު އެޅުމުގެ ބަދަލުގައި، ފުލުސް މީހާ އެދުނީ ތަފާތު ކަމަކަށެވެ. އެއީ ކުރިމަތިން ދުއްވާފައި ދިޔަ ބަހަކުން ދަތުރުކުރި މުސްކުޅި އަންހެނެއްގެ ބޭސް ފުޅިއެއް ވެއްޓިފައި އޮތުމުން އެ ބޭސް ފުޅި ހަވާލު ކޮށްދިނުމަށެވެ.

އެ ހިސާބުން އޭނާ އެއަށް ވުރެ ބާރު ދުވެއްޔެއްގައި ދުއްވާފައި ގޮސް އެ ބޭސްފުޅި އޭގެ ވެރިފަރާތާ ހަވާލު ކޮށްދިން ކަމަށް ވެސް ރިޕޯޓުތަކުން މައުލޫމާތު ލިބެއެވެ. މި ހުރިހާ މަންޒަރެއް ވެސް އޭނާ ވަނީ ރެކޯޑު ކުރުމަށް ފަހު ޔޫޓިއުބުގައި ހިއްސާ ކޮށްފައެވެ. އަދި މަދު ވަގުތު ކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ސަމާލުކަން އެ ވީޑިއޯއަށް ލިބިގެން ގޮސްފައިވާއިރު، 15،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ވީޑިއޯ ބެލުމަށް ފަހު ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ހިއްސާ ކޮށްފައެވެ.

Advertisement
Ooredoo — Square (box)

މި ވީޑިއޯއާއެކު އެތައް ބައެއްގެ ލޯބި އެ ފުލުސް މީހާއަށް ލިބިގެން ގޮސްފައިވާ ކަން ވީޑިއޯއަށް ކޮށްފައިވާ ކޮމެންޓުތަކުން ހާމަވެގެން ދެއެވެ. މި ވީޑިއޯ ބަލާލަން ބޭނުންވާ ބޭފުޅުންނަށް އެވީޑިއޯގެ ޔޫޓިއުބު ލިންކު ތިރީގައި އެވަނީއެވެ.

https://youtu.be/fvGVaMJE8vI

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް