މިއަދު އިތުރު 59 މީހަކު ކޮވިޑަށް ފައްސި ވެއްޖެ
މިއަދު އިތުރު 59 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު ފައްސިވި 59 މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި، ބަންގްލަދޭޝްގެ 14 މީހަކާއި، އިންޑިއާ މީހެއް ކަމަށެވެ.
މި 59 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 3103 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 676 މީހަކަށެވެ.
މިއަދު އިތުރު އެއްވެސް މީހަކު ބަލިން ރަނގަޅުވެފައެއް ނުވެއެވެ. މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2397 އަށް އަރާފައެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 15 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހީންނާއި، ހަ ބިދޭސީންނެވެ.
Ads by HDC