Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކަނޑުމަތިން ހާލުގައި ޖެހުނު ބަޔަކު ސަލާމަތްކޮށްފި

ކަނޑުމަތިން ހާލުގައި ޖެހުނު ބަޔަކު ސަލާމަތްކޮށްފި

ޅ. ހުރަވަޅި ކައިރީގައި އޮތް ފިނޮޅަކަށް ވެލި ނަގަން ގޮސް ތިބި ތިން މީހަކު މޫސުން ގޯސްވެގެން ހާލުގައި ޖެހިފައި ވަނިކޮށް ސަލާމަތް ކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ހާލުގައި ޖެހިފައި ވަނީ 3 ބިދޭސީން ކަމަށާއި އެ މީހުންނަކީ ޅ.ހިންނަވަރު ކައިރީގައި އޮތް ފިނޮޅަކަށް ވެލި ނަގަން ގޮސް ތިބި ބައެއް ކަމަށެވެ. އަދި އެ މީހުން ސަލާމަތް ކޮށްފައި ވަނީ އެމްއެންޑީއެފްގެ ނައިފަރު ފަޔާ ޓީމް ދަތުރު ކުރަމުން ދިޔަ ވަގުތެއްގައި ކަމަށް އެމްްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެ މީހުން ހާލުގައި ޖެހިފައި ތިއްބާ ފެނިފައި ވަނީ 14:20 ހާއިރު ކަމަށެވެ.

Advertisement
Allied Insurance — Square (box)

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ދުވަސް ވަރެއްކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައި ވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރައްވާތީ ކަނޑު ދަތުރު ކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކަނޑު ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސް ނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފުން އެދިލައްވާފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް