Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

17 އަހަރުގެ ކުއްޖަކު ރޭޕް ކުރި މީހަކަށް ދައުވާ އުފުލައިފި

17 އަހަރުގެ ކުއްޖަކު ރޭޕް ކުރި މީހަކަށް ދައުވާ އުފުލައިފި

އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މީހަކަށް ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިރޭ ބުނީ ޢުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ހއ. ފިއްލަދޫ، ޝެޑޯޒް އަޙްމަދު އައްޠަފްގެ މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ މ. ކޮޅުފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އުމުރުން 23 އަހަރުގެ އައްޠަފް އިނދެގެން ކަމަށް ބުނެ ގެންގުޅުނު ކުއްޖާ ބަލިވެއިން މައްސަލައާ ގުޅިގެން ކުއްޖާއާ މެދު ޖިންސީ ގޯނާކޮށް ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތު އޭނާއަށް ކުރެ އެވެ. އެ މައްސަލާގައި އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މިމަހުގެ ކުރީކޮޅުއެވެ.

Advertisement
Allied — Dhen Online (box)

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މ.މުލީ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް މިމަހުގެ ފައް ވަނަ ދުވަހު ވަނީ އަމުރު ކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް