Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދިޔަމިގިލިން ކޮވިޑް-19އަށް މީހަކު ފައްސިވެއްޖެ

ދިޔަމިގިލިން ކޮވިޑް-19އަށް މީހަކު ފައްސިވެއްޖެ
ތ. ދިޔަމިގިލީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ. ދިޔަމިގިލި ކައުންސިލްގެ ރައީސް މުހައްމަދު ވިޝާމް “ދެން”އަށް ވިދާޅުވީ ފައްސިވެފައި ވަނީ ހޯމް ކަރަންޓީނުގައި ހުރި އަންހެނެއް ކަމަށެވެ.
“އެއް ގެއެއްގައި ތިބި ދެމީހަކު ކަރަންޓީންވީ، އެމީހުން ދަތުރުކުރި ލޯންޗުގައި ހުރި ފައްސި މީހަކު، އެ ކޭސްއާ ގުޅިގެން އަޅުގަނޑުމެން ފުރަތަމަ ސާމްޕަލް ނެގީ” މުހައްމަދު ވިޝާމް
ވިޝާމް އިތުރަށް ވިދާޅުވީ އެ މީހުންގެ ސާމްޕަލްގެ ތެރެއިން އެންމެ ފުރަތަމަ ފައްސިވީ އެކަކުގެ ސާމްޕަލް ކަމަށެވެ. އެހެންކަމުން ދެމީހުން އެއް ގެއަކަަށް ކަރަންޓީނަށް ލީ ކަމުގައި ވިޝާމް ވިދާޅުވިއެވެ. އެ ދެމީހުންގެ ކަރަންޓީނަށް 14 ދުވަސް ހަމަވެ މިއަދު ނެގި ސާމްޕަލް އިން ވަނީ އަނެއްކާ ވެސް އޭގެ ތެރެއިން އެކަކު ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން އެދެމީހުން އަނެއްކާވެސް ވަނީ ކަރަންޓީނު ކުރެވިފައެވެ. އެދެމީހުންނާ އިތުރު އެހެން ބަޔަކާ ކޮންޓެކްޓް ވެފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް