Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ގެއްލުނު ސިފައިންގެ މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ގެއްލުނު ސިފައިންގެ މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ގެއްލުނު ސިފައިންގެ މީހާ ނިޔާވެފައި އޮއްވާ މޫދު އަަޑިން ފެނިއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ގެއްލުނު ސިފައިންގެ މީހާގެ ހަށިގަނޑު ކަނޑުއަޑިން ފެނުނީ ކޯސްޓްގާޑް ޑައިވަރުންނަށް ކަމަށެވެ.

ލ. ކައްދޫ އިރުމަތީ ފަރާތު މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން ގެއްލިގެން ހޯދަމުން ދިޔައީ ލާންސްކޯޕްރަލް ޙުސެއިން ފާރިޝް (އެސްއެން.7613)އެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ ކަނޑުއަޑިން ފެނިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވީ މީގެ ކުޑަ އިރުކޮޅެއް ކުރީންނެވެ.

Advertisement
Ooredoo — Square (box)

ފާރިޝް ގެއްލިގެން ރިޕޯޓު ކޮށްފައި ވަނީ މިއަދު 17:40 ގައެވެ.

މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން އިތުރު ސިފައިންގެ މީހަކު ގެނބުނު ކަމަށާއި އެމީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެ މީހާ ގެނބުނީ އޮއިގަނޑެއްގައި ޖެހި ފާރިޝް އަޑިއަށް ދާތީ، އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ ސިފައިންގެ މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މާތް ﷲ އެ މައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް