Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ރިޕޯޓް

ގެއްލިގެން ދިޔައީ ހިތްވަރާއެކު ޤައުމަށް ޚިދުމަތް ކޮށްދެއްވި ޒުވާން ބޭކަލެއް!

ގެއްލިގެން ދިޔައީ ހިތްވަރާއެކު ޤައުމަށް ޚިދުމަތް ކޮށްދެއްވި ޒުވާން ބޭކަލެއް!

އިއްޔެއަކީ މުޅި ރާއްޖެއަށް އަނެއްކާ ވެސް ކުއްލި ސިހުމެއް ގެނުވި ކަނޑުމަތީ ހާދިސާއެއް ހިނގި ހިތާމަވެރި ދުވަހެކެވެ.

ހަވީރު 5:40 ހާއިރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އަށް ރިޕޯޓު ލިބިލެއްވީ ލ. ކައްދޫ އިރުމަތީ ފަރާތުން މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން އެކަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓެވެ. އެއީ އޮފްޑިއުޓީގައި މަސް ހިފުމަށް ދިޔަ ސިފައިންގެ ހަތަރު ބޭކަލުންގެ ތެރެއިން ، ލާންސް ކޯޕްރަލް ޙުސެއިން ފާރިޝް ކަމަށާއި އޭނާ މޫދު އަޑިއަށް ދިޔައީ އޮއިގަނޑެއްގައި ޖެހިގެން ކަމަށް ވެސް އެމްއެންޑީއެފުން އޭރު މައުލޫމާތު ދެއްވިއެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ ގާތްގަނޑަކަށް ދެ ގަޑިއިރެއް ހާއިރު ފަހުން، އެމްއެންޑީއެފުން ދެއްވީ ކުރިއަށް ވުރެ މާ ހިތާމަވެރި ޚަބަރެކެވެ. ރޭ 8:50 ހާއިރު ކަނޑުގެ 12 މީޓަރު އަޑިން ލާންސްކޯޕްރަލް ފާރިޝްގެ ފުރާނަ ނެތް ހަށިގަނޑު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭނާ ނިޔާވި ޚަބަރާއެކު އެތައް ބައެއްގެ ހެޔޮ ދުޢާ އެ ހިތްވަރުގަދަ ޒުވާނާއަށް އޮހެމުން ދިޔައެވެ.

Advertisement
Allied Insurance — Square (box)

ލ. މާބައިދޫ / ޑަޔަމަންޑްވިލާ ޙުސައިން ފާރިޝް (ލާންސް ކޯޕްރަލް ފާރިޝް) އުފަންވީ 26 ޖަނަވަރީ 1993 ގައެވެ. އެހެންކަމުން ނިޔާވިއިރު އުމުރަކީ އެންމެ 28 އަހަރެވެ. 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅުނު ލާންސް ކޯޕްރަލް ފާރިޝް، ޒަވާޖީ ހަޔާތެއް ފައްޓަވައިފައެއް ނުވެއެވެ.

<img class="alignnone wp-image-73801 size-full" src="https://cdn.dhen.mv/wp-content/uploads/2021/03/20210331_004036.jpg" alt="" width="1200" height="801" />

ކުރިން ޕްރައިވެޓެއްގެ މަޤާމުގައި ހުންނެވި ޙުސެއިން ފާރިޝް، ލާންސް ކޯޕްރަލް ކަމުގެ މަޤާމަށް ޕްރޮމޯޓް ވީ 01 ޖޫން 2020 ގައެވެ. އޭނާ މަސައްކަތް ކުރެއްވީ އެމްއެންޑީއެފް މެރިން ޑިޕްލޮއިމަންޓް ޔުނިޓް 1 ގައެވެ.
ލާންސް ކޯޕްރަލް ފާރިޝް ނިޔާވިއިރު ސިފައިންގެ ޚިދުމަތުގައި ހަތަރު އަހަރާއި 5 މަހާއި 19 ދުވަސް ހޭދަ ކޮށްފައި ވެއެވެ.

އޭނާ ފުރިހަމަ ކުރައްވާފައިވާ ތަމްރީންތަކުގެ ތެރޭގައި 63 ވަނަ ސިފައިންގެ އަސާސީ ތަމްރީން ކޯސް، އެމްއެންޑީއެފް އިން ހިންގި ރެސްކިއު ސްވިމިންގ ކޯހުގެ ގޯލްޑް ލެވެލް، އެމްއެންޑީއެފް އިން ހިންގި މެރިންކޯ ބޭސިކް ކޯސް-6، ކައުންޓަރ ޓެރަރިޒަމް ކްލޯސް ކުއާޓަރ ބެޓަލް ކޯސް އަދި އެމްއެންޑީއެފް ސެންޓަރަލް އޭރިއާ ލ.ކައްދޫގައި 3 ހަފުތާގެ އަސްކަރީ ތަމްރީން ކޯހެއް ވެސް ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް