މުނިފޫހިފިލުވުން

އިންސްޓަގްރާމްގައި ފޭކް ފޮލޯވަރުން ގެންގުޅޭކަމުގެ ތުހުމަތު ޕްރިޔަންކާ އާއި ދީޕިކާއަށް

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑުގެ މަޝްހޫރު ފަންނާނުން ކަމުގައިވާ ޕްރިޔަންކާ ޗޯޕްރާ އާއި ދީޕިކާ ޕަދޫކޯންގެ މައްޗަށް "ފޭކް ފޮލޯވަރުން" ގެންގުޅޭ ކަމުގެ ތުހުމަތު ކޮށްފިއެވެ. އިންޑިއާ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލަ އާ ގުޅިގެން އިންޑިއާ ފުލުހުން އަންނަނީ މި ތަރިންނާއި ސުވާލުކުރުމަށް ތައްޔާރުވަމުންނެވެ.

Ads by STELCO

ދީޕިކާ އާ ޕްރިޔަންކާ ގެ އިތުރުން 176 ހައި ޕްރޮފައިލް ސެލެބްރިޓީންނަށް ވަނީ މި ތުހުމަތު ކުރެވިފައެވެ. އޭގެ ތެރޭގައި ކުޅިވަރުގެ ދާއިރާގައި އުޅޭ މަޝްހޫރު ތަރިން ވެސް ހިމެނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި ތަރިންގެ ފޮލޯވަރުންގެ އަދަދު އިތުރު ކުރަން ފައިސާގެ ހުށަހެޅުންތަކެއް ވަނީ ހުށަހަޅާފައެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓިމެއް ވެސް ވަނީ އެކުލަވާލާފައެވެ.

ޕްރިޔަންކާ އާ ދީޕިކާ އަކީ ބޮލީވުޑް ގެ ތަރިންގެ ތެރެއިން އިންސްޓަގްރާމް ގައި އެންމެ ގިނަ ފޮލޮވާސް ތިބޭ ދެ ތަރިންނެވެ. އެގޮތުން އިންސްޓަގްރާމުގައި އެކަނި ވެސް ޕްރިޔަންކާގެ 55.2 މިލިއަން ފޮލޯވަރުން ތިބެ އެވެ. އަދި ދީޕިކާގެ އިންސްޓަގްރާމުގައި 50.8 މިލިއަން ފޮލޯވަރުން ތިބެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!