Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
މުނިފޫހިފިލުވުން

އަގު ދީގެން ފޭނުން ހޯދާކަމުގެ ތުހުމަތުގައި ޕްރިޔާންކާ އާއި ދީޕިކާ އާއި ފުލުހުން ސުވާލު ކުރަނީ؟

އަގު ދީގެން ފޭނުން ހޯދާކަމުގެ ތުހުމަތުގައި ޕްރިޔާންކާ އާއި ދީޕިކާ އާއި ފުލުހުން ސުވާލު ކުރަނީ؟

ޕްރިޔާންކާ ޗޯޕްރާ ޖޯނަސް އާއި ދީޕިކާ ޕަދުކޯން އަކީ ބޮލީވުޑް ގެ އިތުރުން ހޮލީވުޑް ގައި ވެސް ނަން މަޝްހޫރު ދެ އެކްޓްރެސުންނެވެ.

ދެ މީހުންގެ "ފޭން ބޭސް" އަށް ބަލާލިކަމުގައި ވިޔަސް ފޭނުންގެ އަދަދު މީސްމީޑިއާ ގައި ވެސް އެހާމެ ގިނައެވެ. ޕްރިޔާންކާ އާއި ދީޕިކާ ބޭރަށް ނިކުތަސް، އެމީހުންގެ ފޭނުންނާއި ފޮޓޯ ނަގާނެ މީހުން ވަށައިގެން އެނބުރެއެވެ.

މިއީ މަޝްހޫރުކަމުންވާ ގޮތެއް ކަމަށް ހީކޮށްގެން ހުއްޓާ ދާދި ފަހުން މިވަނީ އެހެން ކަހަލަ ޚަބަރެއް ލިބިފައެވެ.

Advertisement
Allied — Dhen Online (box)

އިންޑިއާގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ޕްރިޔާންކާ އާއި ދީޕިކާގެ ފޭނުން އެހާ ގިނައީ، އަގު ދީގެން ގަނެފައި ހުރުމުން ކަމަށް އަޑުފެތުރެމުންދާ ކަމަށެވެ.

އެގޮތުން މީސްމީޑިއާގައި ވެސް އެހާ ފޭނުން ގިނައީ، އެމީހުންނަށް ފޮލޯކޮށް ތައުރީފުކޮށް އެމީހުންގެ ވާހަކަތަށް ފެތުރުމަށްޓަކައި ބަޔަކަށް އަގު ދީގެން ކަމަށް ވާހަކަ ދެކެވެމުންދާ ކަމަށް އެރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން މުމްބައީ ފުލުހުން މިދެތަރިންނާއި ސުވާލު ކުރަން އުޅޭ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އިންޓަނެޓުގައި ފޭކު ފޮލޮވަރުން ހޯދާކަމުގެ އަޑުތަށް ވަނީ އަރާފައެވެ. އެގޮތުން މުމްބައި ގެ ޖޮއިންޓް ކޮމިޝަނަރ ޕޮލިސް ވިނޭ ކުމާރް ޗައުބޭ ބުނެފައިވަނީ މިފަދައިން މީސް މީޑިއާގައި ފޭކު ފޮލޯވަރުން ހޯދައި ދިނުމަށް އުޅޭ 54 ފާރމެއް ހޯދިފައިވާ ކަމަށެވެ.

ދީޕިކާ އާއި ޕްރިޔާންކާ ގެ އިތުރުން އެހެން ބައެއް އެކްޓަރުންނާއި ޕޮލިޓިޝަނުން ވެސް ވަނީ މިކަމާއި ގުޅޭގޮތުން ސުވާލު ކުރަން ހާޒިރު ކޮށްފާނެ ކަމަށް މައުލޫމާތު ލިބިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް