Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް-19: ހުރާގައި ކާފިއު އިއުލާންކޮށްފި

ކޮވިޑް-19: ހުރާގައި ކާފިއު އިއުލާންކޮށްފި
މާލެ އަތޮޅު ހުރައިގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުން އެރަށުގައި ގެއިން ބޭރަށް ނިކުތުން މަނާކޮށް ކާފިއު އިއުލާން ކޮށްފިއެވެ. މީހުން ފައްސިވާ އަދަދު ގިނަ ވުމާ ގުޅިގެން ކޮވިޑް-19 އިން ރައްކައުތެރިވުމަށް ހުރައިގައި ހާއްސަ ފިޔަވަޅުތަކެއް އަޅާކަން އަންގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކޮށް ލިޔުމެއް ވަނީ އާއްމުކޮށްފައެވެ. އެގޮތުން މިއަދުން ފެށިގެން 7 (ހަތެއް) ދުވަހުގެ މުއްދަތަށް، ކ.ހުރައިގައި އަންނަނިވި ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފައެވެ.
  1. ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓައިލުން.
  2. އެއްފަހަރާ 3 (ތިނެއް) މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓައިލުން.
  3. އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
  4. ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
  5. ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
  6. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.
  7. ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
  8. ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން
  9. ފިރާތަކާއި ބޭންކުތައް ފަދަ، އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީން
  10. އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުމާ ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުން.
  11. ސްކޫލަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް