ދުނިޔެ

ވެކްސިނަކާއި ނުލާވެސް ކޮވިޑް19 ބަލިމަޑުކަން ހުއްޓުވިދާނެ: ދިރާސާ

ދެން އެމްވީ ، ދެން އޮންލައިން

ވެކްސިން އަކާއި ނުލާވެސް ކޮވިޑް19 ބަލިމަޑުކަން ހުއްޓުވިދާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

އެގޮތުން ޕީއެލްއޯއެސް މެޑިސިން ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުގައި ހުރިހާ އެންމެން އާންމުކޮށް އަތް ދޮވެ، މާސްކު އަޅާ ގައިދުރުކޮށް އުޅޭނަމަ ވެކްސިން އަކާއި ނުލާވެސް ކޮވިޑް19 ފެތުރުން އެއްކޮށް ހުއްޓިދާނެއެވެ.

މީގެ އިތުރުން ގައުމުތައް ފުރަބަންދު ކޮށް އެއްްވެ އުޅުން މަނާ ކުރި ނަމަވެސް އާންމުން ރައްޔިތުން ބަލިން ރައްކާތެރިވުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ނުކުރާނަމަ ބަލި ފެތުރޭ މިންވަރު ލަސް ވީ ކަމުގައި ވިޔަސް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވާނެއެވެ.

މި ދިރާސާ އަށް ހެދި މޮޑެލްތަކުން ދައްކާ ގޮތުގައި އާބާދީގެ 50 އިންސައްތައަށްވުރެ ގިނަ މީހުން އަތް ދޮވެ، ގައިދުރުކަން އިސްކޮށް މާސްކު އަޅަން ވައިރަސް ފެތުރުން ހުއްޓުވިދާނެއެވެ.

އަދި މުޅި އާބާދީގެ 90 އިންސައްތަ މީހުން މި ފިޔަވަޅުތައް އަޅާނަމަ ބަލިމަޑުކަން އެއްވެސް ވަރަކަށް ނުފެތުރޭނެ ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!