86 އަހަރަށް ފަހު ތުރުކީގެ އާޔާ ސޯފިޔާގައި ހުކުރު ނަމާދު: މިސްކިތް ހުޅުވިގެންދިޔައީ ތުރުކީ ރައީސްގެ ޤުރުއާން ކިޔެވުމުން

ތުރުކީގެ އިސްތަންބޫލުގައި ހުންނަ އާޔާ ސޯފިއާގައި 86 އަހަރު ފަހުން ފުރަތަމަ ފަހަރަށް ހުކުރު ނަމާދުކޮށްފިއެވެ.
534ވަނަ އަހަރު ބިނާކުރި އާޔާ ސޯފިއާ ، 1934ވަނަ އަހަރުން ފެށިގެން ހުރީ ދާރުލްއާސާރެއްގެ ގޮތުގައެވެ. ނަމަވެސް އެ މިސްކިތް ދާރުލްއާސާރަކަށް ބަދަލު ކުރީ ގާނޫނާ ހިލާފަށް ކަމަށް ޖުލައި 07ގައި އެގައުމުގެ ސްޕްރީމް ކޯޓުން ވަނީ ނިންމައިފައެވެ.
މިސްކިތް މުސްލިމުންގެ އަޅުކަމަށް ހުޅުވައިލައިފައި ވަނީ މިއަދުއެވެ. މިސްކިތް ހުޅުވައިފައި ވަނީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. ޤުރުއާން ކިޔަވައި ވިދާޅުވީ ތުރުކީ ރައީސް އުރުދުޣާންއެވެ.
މިއަދުގެ ހުކުރު ނަމާދުގައި ބައިވެރިވުމަށް ބައެއް މީހުން ފަތިހުން ފެށިގެން ދިޔައީ މިސްކިތް ކައިރިއަށް އެއްވަމުންނެވެ. ހުކުރު ނަމާދުގެ ޖަމާއަތުގައި ރައީސް އުރުދުޣާންއާއި އަޒަރުބައިޖާނާއި ގަތަރުގެ ލީޑަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ހުކުރު ނަމާދު މިއަދު ކުރެވިގެން ދިޔައިރު ސަލާމަތީ ގޮތުން ގިނަ ފިޔަވަޅުތަކެއް ވެސް ވަނީ އަޅައިފައެވެ. އެގޮތުން އާޔާ ސޯފިއާ ކައިރީގެ ބައެއް މަގުތައް ބަންދުކޮށް، ސެކިއުރިޓީ ބެލެހެއްޓުމަށް 17،000 އޮފިޝަލުން ވަނީ ހަރަކާތްތެރިވެފައެވެ.