ލައިފްސްޓައިލް

ލޯބިވާ މަންމަގެ ހިތްދަތި ވަކިވުމާއި ފަހުގެ ހަދިޔާ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކާމޭޒު ކައިރީގައި ކެއުމަށް އިންސާފު ކުރުމަށް އަހަރެމެން ތިން ބެއިން ވެސް ތިބީ މާޔޫސްކަން މަތީގައެވެ. ހުއްޓުމެއް ނެތި ދެލޮލުން ހޯސްލައިފައި ކަރުނަތައް ފައިބަމުން ދިޔައީ ނަފުސުގެ އާދޭހަށް ބީރު ކަންފަތެއް ދެމުންނެވެ. މޭޒު މަތީގައި ނަގައިފައިވާ ޗޮކްލެޓު ކޭކު ތަށިން ފަހަރަކު މީހަކު ކުޑަ މިންވަރެއް އިންސާފު ކުރަމުން ދިޔައީމުއެވެ. އަދި ކެއުން ކުރިއަށް ދިޔަ ވަރަކަށް ކުރާ އަސަރުތައް ބަޔާން ކުރަން ދައްޗެވެ.

Ads by STELCO

އަހަރެންނަކީ މުޅި އާއިލާގެ އެންމެ ދޮށީ ފިރިހެން ދަރިއެވެ. ދެން އަހަރެންގެ ހަގަށް ވެސް ހުންނަނީ ދެ ފިރިހެން ކުދިންނެވެ. އެެއް ކުއްޖަކަށް 15 އަހަރެވެ. އެންމެ ކުޑަ މީހާއަށް 11 އަހަރެވެ. މީގެ ފަސް އަހަރު ކުރިން އަހަރެމެންގެ ބައްޕަ ވަނީ ކެންސަރު ބަލީގައި މި ދުނިޔެއާ އަލްވަދާއު ކިޔައިފައެވެ. އެހެންކަމުން އަހަރެމެން ތިން ބެއިންގެ ހުރިހާ ކަމެއް ވެސް ބަލަހައްޓަމުން އައީ އަހަރުމެންގެ ހިތްވަރުގަދަ ލޯބިވާ މަންމައެވެ.

މި ވީހާ ދުވަސްތަކުގައި އަހަރެމެންގެ މަންމަ އަހަރެމެން ތަރުބިއްޔަތު ކުރީ މައެއްގެ އަދި ބަފައެއްގެ ފަރާތުން ލިބެން ޖެހޭ އަޅާލުމާއި ލޯތްބަށް ކުޑަ ވެސް އުނި ކަމެއް ނާންނަ ގޮތަށެވެ. ގޭތެރޭގެ އެންމެހާ މަސައްކަތް ކުރަމުން އަހަރެމެންގެ ބަނޑުފުރާ މުއްތި ކުރުމަށް ކާނާ ހޯދުމަށް ވެސް އެ މަންމަ އެތައް ގުރުބާނީތަކެއް ވިއެވެ.

ޗޮކްލެޓު ކޭކަކީ އަހަރެމެން ތިން ބެއިންނަށް ވެސް އެންމެ ކަމުދާ އެއް ކެއުމެވެ. ކޮންމެ މަހެއްގެ ވެސް އެއްދުވަހު މަންމަ އަހަރެމެންނަށް ޗޮކްލެޓު ކޭކެއް އަޅައިދޭނެއެވެ. އަދި މަންމަގެ އަމިއްލަ އުފެއްދުމަކުން މީރު ކުރީމް ގަނޑެއް ވެސް އެ ކޭކުގެ މައްޗަށް އަޅައިދޭނެއެވެ. އަހަރެމެންނަށް ކޭކު އެންމެ މީރުވާ ސަބަބަކީ ވެސް އެއީ އެވެ.

އެއީ ވެސް އާދައިގެ މަތިން މަންމަ ކޭކު އެޅި ދުވަހެކެވެ. އެހެން ނަމަވެސް އަހަރެމެން އެކަކަށް ވެސް  ތައްޔާރު ކުރި ކަމެއް ނޭނގެއެވެ. މަންމަ ރޭވީ މެންދުރުގެ ކޮއްތަށް ފަހު އެ ކޭކު އަހަރެމެންނަށް ކާން ދިނުމަށެވެ. އެހެން ނަމަވެސް ވަގުތާއި ޙާލަތާ ބަދަލުވެ ދިރިއުޅުމަށް ބޮޑު އަޑިގަނޑެއް އައީި މަންމަ ކުއްލިއަކަށް ވެއްޓުމުންނެވެ.

އަހަރެމެން ތިންބެއިން ވެގެން މަންމަ ހޮސްޕިޓަލަށް ގެންދިޔައީމެވެ. ވަގުތުން މުޅި ހޮސްޕިޓަލުގެ މަޑުމައިތިރި މާހައުލު ކުއްލިއަކަށް ހަލަބޮލިވާން ފަށައިފިއެވެ. އެއް ޑޮކްޓަރު އަނެއް ޑޮކްޓަރަށް ގޮވައި، އަވަސް ފަރުވާ ދޭ ކޮޓަރި ތައްޔާރު ކުރުމަށް އެދެމުން ދިޔައެވެ. އަދި އެ ހުރިހާ އެންމެންގެ މޫނު މަތިން ފެންނަށް ހުރީ ހާސްކަމާއި، ކަންބޮޑުވުމެވެ.

މަންމަ އަވަސް ފަރުވާ ދޭ ކޮޓަރިއަށް ވެއްދުމާއެކު ދެ ކޮއްކޮ ގައިގައި ބައްދާލުމަށް ފަހު ހިތާ ހިތުން މާތްﷲ ގެ ޙަޟްރަތަށް ދުޢާ ދެންނެވީމެވެ. އަހަރެމެންގެ މަންމައަށް އަވަސް ޝިފާއެއް ދެއްވުމަށެވެ. އަހަރެމެންގެ މަންމައަކީ ވެސް އަދި ބައްޕައަކީ ވެސް އެއީއެވެ. އެ މަންމަ ނެތީ ވިއްޔާ އަހަރެމެން އުޅެން ޖެހޭނީ ކޮން ފަދަ ހާލެއްގައި ކަމެއް ވެސް ނޭނގެއެވެ. އާއިލާގެ އެއްވެސް މީހަކު އަހަރެމެންނާ ގުޅުމެއް ނުބާއްވައެވެ.

ކުއްލިއަކަށް އަވަސް ފަރުވާދޭ ކޮޓަރިން އެ ނިކުތީ ޑޮކްޓަރެކެވެ، މޫނުމަތިން ފެންނަނީ މަޑުމޮޅިކަމާއި މާޔޫސް ކަމެވެ. ދޭނެ ޖަވާބަކަށް އަހަރެމެން ތިން ބެއިން ތިބީ ކެތް މަދުވެފައެވެ. "އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން މަންމަ ސަލާމަތް ކުރަން. ނަމަވެސް މަންމަ ސަލާމަތެއް ނުކުރެވުން" ޑޮކްޓަރުގެ ފަރާތުން ލިބުނު ޚަބަރާއެކު އަހަރެންގެ ހެއަށް ގޮތެއް ވީިހެން ވެސް ހީވިއެވެ. އަދި ގާތުގައި ހުރި ދެ ކޮއްކޮގެ މޫނަށް ބޭއިޚުތިޔާރުގައި ބަލާލެވުނެވެ. އެ މައުސޫމު މޫނުތަކުން ފެނިގެން ދިޔަ މާޔޫސް ކަމާއި ދެލޮލުން ފައިބަމުން ކަރުނަތަކުން އެތައް ވާހަކަތަކެއް ބުނެދިން ކަހަލައެވެ.

މަންމަގެ ކަށުކަމާ ކެމީގެ ކަންކަން ނިންމާލެވުނު އިރު ގަޑިން ރޭގަނޑު ހަތެއް ޖަހަނީއެވެ. އަހަރެމެން ތިން ބެއިން ވެސް ގެއަށް އައިސް މަޑު ކޮށްލީ ކާމޭޒު ކައިރީގައެވެ. އެ ވަގުތު މޭޒުމަތީގައި މަތި ޖަހައިފައި އެ ވަނީ އަހަރެމެންގެ މަންމަ އަހަރެމެންނަށް ޓަކައި އަޅައިދިން އެންމެ ފަހު ކޭކެވެ. ކޭކު ފެނިފައި އެތައް އިރެއް ވަންދެން ރޯން އިނުމަށް ފަހުގައި މަންމަގެ އެންމެ ފަހުގެ ހަދިޔާއެއް ގޮތުގައި އެ ކޭކު އަހަރެމެން ގަބޫލު ކުރީމެވެ. އަދި ހިތްވަރުކޮށް އެ ކޭކު ކާން ފެށީމެވެ.

ކޭކު ކަމުން ދިޔަ ވަގުތު މަންމަގެ ލޯބި އަހަރުމެންނަށް އިހުސާސު ކުރެވިގެން ދިޔައެވެ. އެ ކެއުމުގައި އަހަރެންނަށް އަހަރެންގެ މަންމަގެ ޝާމިލުވުން އިޙުސާސު ކުރެވުނެވެ. މަންމައާއެކު ހޭދަވީ އުފާވެރި ހުރިހާ ވަގުތުތަކެއް ހަނދާނަށް އަންނަން ފެށިއެވެ. ދުޢާއަކީ މަންމައާއެކު ޖަންނަތުން ވުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!