Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވިލިމާލެ ކައިރިން ޑިންގީއެއް ބަންޑުން ޖަހައިލައި ބަޔަކު ކަނޑުވެއްޖެ

ވިލިމާލެ ކައިރިން ޑިންގީއެއް ބަންޑުން ޖަހައިލައި ބަޔަކު ކަނޑުވެއްޖެ

ވިލިމާލެ ކައިރިން ޑިންގީއެއް ބަންޑުން ޖަހައިލައި ބަޔަކު ކަނޑުވެއްޖެއެވެ

އެނގިފައިވާ އެ ޑިންގީ ބަންޑުން ޖަހައިލީ ވިލިމާލޭ އުތުރު ފަރާތަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާ ހިނގައިފައި ވަނީ މިރޭ 8:30 ހާއިރު ކަމަށާއި ޑިންގީ ބަންޑުން ޖަހައިލައިގެން ކަނޑުވި މީހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

"ވިލިމާލޭ އުތުރު ފަރާތު ވާދޫ ކަނޑަށް ތިން މީހުންނާއެކު ޑިންގީއެއް ބަންޑުން ޖަހާލައިފައިވާ ކަމުގެ މައުލޫމާތު މިރޭ 8:30 ހާއިރު ލިބިފައިވޭ. މި މައުލޫމާތާ ގުޅިގެން ފުލުހުން އެ ސަރަޙައްދަށް ދިޔައިރު އެހެން ޑިންގީއަކަށް އެ މީހުން ވަނީ ނަގައިފައި" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

ޑިންގީ ބަންޑުން ޖަހައިލުމުގެ ސަބަބުން ކަނޑުވި މީހުން މިހާރު ވަނީ ފުލުހުންގެ ލޯންޗަށް ނަގައިފައި ކަމަށާއި ބަންޑުން ޖަހައިލި ޑިންގީ ވެސް ސަލާމަތް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް