ބޮލީވުޑް

ފިނި މޫސުމުގައި ބުނެވުނު ބަސްތަކަށް ޕްރިޔާންކާ މާފަށް އެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑް އަދި ހޮލީވުޑްގެ ވެސް މަޝްހޫރު ފިލްމީ ތަރި ޕްރިޔާންކާ ޗޯޕްރާ ޖޯނަސް އަކީ އޭނަގެ ފޭނުންގެ ސަމާލުކަން ތަފާތު ގޮތްގޮތަށް ދަމައިގަންނަ ކުޅަދާނަ އެކްޓްރެސް އެކެވެ.

Ads by Sosun Fihaara

ޕްރިޔާންކާ ލާ ހެދުމަކުން، ބޮލަށް ހަދައިލައި ގޮތަކުން، އަދި ފޮޓޯއެއް ނަގައިފައި އޭގައި ޖަހައި ކެޕްޝަނަކުން ވެސް ޚަބަރުތަކުގެ ސުރުޙީއަށް އޭނާ އަރައެވެ.

އެގޮތުން ދާދި ފަހުން ވެސް ޕްރިޔާންކާ މި ވަނީ ބޮޑެތި ސުރުހީތަކުން ޖާގަ ހޯދައިފައެވެ. ފިރިމީހާ ނިކް ޖޯނަސް އާއެކު ލަންޑަންގައި މި ވަގުތު ދިރިއުޅެމުން ގެންދާ ޕްރިޔާންކާ ވަނީ އެ ތަނުގައި ނަގައިފައިވާ ވަރަށް ރީތި ފޮޓޯއެއް އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާ ކޮށްފައެވެ.

ބަހާރު މޫސުން އައިސްގެން އުފާވެފައިވާކަން ދައްކާލައިފައިވާ އެ ފޮޓޯއާ އެއް ވަރަށް އޭގައި ލިޔެފައިވާ ކެޕްޝަން ވެސް އެހާމެ ލޮލުގައި އަޅައިގަނެއެވެ.

ޕްރިޔާންކާ އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވަނީ "ފިނި މޫސުމުގައި ބުނެވުނު  ބަސްތަކަށް މާފަށް އެދެން، ބަހާރު މޫސުން އަތުވެއްޖެ" މިހެންނެވެ.

ބެލެވޭ ގޮތުގައި ޕްރިޔާންކާ އެހެން ބުނެފައި އެ ވަނީ، ފިނި މޫސުމަކީ އޭނާއަށް އެހާ ކަމުދާ މޫސުމަކަށް ނުވުމުން އެ ދުވަސްކޮޅުގެ މަތިން ހަނދާން ނައްތާލައި، ބަހާރު މޫސުން އައިސްފައި ވާތީ އޭނާ އުފާވެފައި ހުރިކަން އެންގުމުގެ ގޮތުންނެވެ.

މިހާރު ފިލްމު ޕްރޮޑިއުސް ވެސް ކުރަމުން އަންނަ ޕްރިޔާންކާ އެންމެ ފަހުން އުފައްދާފައި ވަނީ "ދަ ވައިޓް ޓައިގަރ" އެވެ. ނެޓްފްލިކްސްއިން ބަލައިލެވޭ މި ފިލްމު ވަނީ ވަރަށް ކާމިޔާބު ފިލްމަކަށް ވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!